ރާއްޖޭގެ ތަޢުލީމީ ނިޒާމަށް އެންމެ އެކަށޭނެ ސްކޫލް ސިސްޓަމް

މިދިޔަ މަހު ދިއިސްލާމް އޮންލައިންގައި އަޅުގަނޑު ލިޔުނު “އަންބަރާ ވުމަށް ކުރެވުނު ދިގު ދަތުރު” މި ލިޔުމުގައި ރާއްޖޭގެ ތަޢުލީމީ ނިޒާމަށް ގެނެވުނު ނުރަނގަޅު ބަދަލުތަކުގެ ސަބަބުން ޤައުމުގެ ކަރާމާތް ގެއްލޭފަދަ ކަންކަން ތަޢުލީމީ ދޮރޯށިތަކުން ނިކުތް ޠާލިބުންގެ ވިސްނުމާއި ފިކުރާއި ޢަމަލުތަކުން ފެންނަމުންދާ ކަމުގެ ހެކިތައް ގެނެސްދީފައިވާނެއެވެ. އިސްލާމީ ތަޢުލީމީ ނާރެހުގައި ކުރިއަށް ދިޔަކަމުގައި ވިޔަސް، ލަންޑަން ޖީސީއީ އާއި ކެމްބްރިޖް އިމްތިހާނުގައި ކާމިޔާބު ހޯދޭނެކަން އިންޑިއާގެ ޗެންނާއީއާއި މުމްބާއީގެ އިސްލާމިކް އިންޓަނޭޝަނަލް އިސްކޫލުގެ މީސާލު ދައްކައިފައިވާނެއެވެ. އެކަމާއި ގުޅިގެން ބައެއް ފަރާތްތަކުން އަޅުގަނޑަށް އިލްތިމާސް ކުރަމުންދިޔައީ މުމްބާއީއާއި ޗެންނާއީގެ އިންޓަނޭޝަނަލް ސްކޫލްގެ ސިސްޓަމާއި އޮނިގަނޑު އިތުރަށް ހާމަކޮށްދިނުމަށެވެ.ރާއްޖޭގެ ތަޢުލީމީ ނިޒާމަކީ މާކުރީގެ ނިޒާމެއްކަމަށް، ކުރިން ތަޢުލީމީ ދާއިރާގައި ޙަރަކާތްތެރިވެވަޑައިގެންފައިވާ އަދި ރާއްޖެގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަހީދު ޙަސަން ވަނީ ވިދާޅުވެފައެވެ. ރައީސް ވަހީދަކީ ރާއްޖޭގެ އެންމެ ފުރަތަމަ ޕީއެޗްޑީ ހާސިލު ކުރެއްވި ފަރާތެވެ.މީގެއިތުރުންވެސް ރާއްޖޭގެ ސޫކޫލުތަކުގެ އޮނިގަނޑު މުރާޖާކޮށް އިޞްލާޙް ކުރަންޖެހޭކަމަށް ދާއިރާގެ ފަންނުވެރި ބޭފުޅުން އެކި ފޯރަމްތަކުގައި ވިދާޅުވެފައިވެއެވެ.ރާއްޖޭގެ ސްކޫލް ސިސްޓަމަށް ބޭނުންވަނީ 100 އިންސައްތަ ޓެސްޓެޑް، 100 އިންސައްތަ ކާމިޔާބު ސިސްޓަމެއް ކަމުގައިވާނަމަ މުމްބާއީގެ އިސްލާމިކް އިންޓަނޭޝަނަލް ސްކޫލްގެ ސިސްޓަމަކީ އެންމެ ކާމިޔާބު ސިސްޓަމެވެ.މި ސްކޫލްގެ އެންމެ އިސްބާނީއަކީ ދުނިޔޭގެ މަޝްހޫރު ދާޢީ ޑރ. ޒާކިރު ނައިކެވެ. މި ސްކޫލް ހުޅުވުމުގެ މަސައްކަތް ޑރ. ޒާކިރު ނައިކު ފެއްޓެވީ މީގެ 14 ވަރަކަށް އަހަރު ކުރިންނެވެ.ޑރ. ޒާކިރު ނައިކަކީ ގިނަ ބަޔަކަށް އުނދަގޫ ޚިޔާލުތައް ފަސޭހަ ކުރައްވާ ތަންފީޒު ކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ މިސާލެއްގެ ގޮތުން ޕީސް ޓީވީ ނެޓުވޯކް ފުދެއެވެ.އިސްލާމިކް އިންޓަނޭޝަނަލް ސްކޫލް ހުޅުވުމަށް ޑރ. ޒާކިރު ނައިކު ބޭނުންފުޅުވީ ދުނިޔޭގެ އެހެނިހެން އިސްލާމީ ސްކޫލްތަކާއި ތަފާތުކޮށް ބައިނަލްއަގުވާމީ އިމްތިހާނާއި އިސްލާމީ މުޤައްރަރުތައްވެސް ހިމަނައިގެންނެވެ.އިސްލާމިކް އިންޓަނޭޝަނަލް ސްކޫލް ހުޅުވުމުގެ ކުރިން ޑރ. ޒާކިރު ނައިކު ވަނީ ދުނިޔޭގެ އިސްލާމީ ގިނަ ސްކޫލްތަކަށް ޒިޔާރަތްކުރައްވާ މަޢުލޫމާތު ހޯއްދަވާފައެވެ. އަދި އެމެރިކާ އާއި ކެނެޑާ އާއި ދެކުނު އެފްރިކާ އާއި މެލޭޝިއާގައި އެންމެ ރަނގަޅަށް ހިނގާ އިސްލާމީ ސްކޫލުތަކަށް ވަޑައިގެން މަޢުލޫމާތު އެއްކުރެއްވިއެވެ.އެހެންކަމުން ބައިނަލްޢަޤުވާމީ ތަޢުލީމީ ނިޒާމާއި އިސްލާމީ ތަޢުލިމީ މުޤައްރަރު ހިމަނައިގެން އިސްކޫލެއް ހުޅުއްވުމުގެ ވިސްނުން ގެންގުޅުއްވައި، މަދީނާ އިންޓަނޭޝަނަލް ޔުނިވާސޓީ އާއި މައްކާގެ އުއްމުލްޤުރާ ޔުނިވާސިޓީއާއި އޮސްޓްރޭލިއާ އާއި އިންޑިއާގެ އިސްލާމީ އޮގަނައިޒޭޝަންތަކުގެ އިސްބޭފުޅުންނާ މަޝްވަރާ ކުރައްވާ ޚިޔާލު ހޯއްދެވިއެވެ. ނަމަވެސް އެއީ ކުރެއްވޭނެ ކަމެއް ކަމަށް އެއްވެސް ބޭފުޅަކު ދެކެވަޑައިނުގަންނަވައެވެ. މަޝްވަރާ ކުރެއްވި ބޭފުޅުންގެ ތެރެއިން ކުރެއްވޭނެ ކަމަށް ދެކެވަޑައިގަންނަވާ ޚިޔާލު ދެއްވީ މަދީނާ އިސްލާމިކް އިންޓަނޭޝަނަލް ޔުނިވަސިޓީގެ ލުޣާ ޑިޕާޓްމަންޓުގެ ކުރީގެ ހެޑް ޑރ. ފާފް ޢަބްދުރަޙީމެވެ. ޑރ. ފާފް ޢަބްދުރަޙީމް ވިދާޅުވީ އެއީ ކުރެއްވިދާނެ ކަމެއް ކަމަށާއި ނަމަވެސް އުނދަގޫ މަސައްކަތެއް ކަމަށެވެ.އެންމެ ބޭފުޅަކު ނަމަވެސް އަޖަބީ ވިސްނުންފުޅެއްގައި ހުންނަވާ ޚިޔާލު ދެއްވުމުން އެކަމަށްޓަކައި ޑރ. ޒާކިރު ނައިކު މަސައްކަތްޕުޅު ފެއްޓެވިއެވެ. “އެޑިއުކެޝަން ފޯރ ދަ ބޯތް ދަ ވޯލްޑް” މޮޓޯއެއް ކަމުގައި ހަމަޖައްސަވާ ސްކޫލް އުފައްދަވާ ދިރާސީ ތަޢުލީމު ފެއްޓެވިއެވެ.އިނގިރޭސި ބަހާއި ޢަރަބި ބަހަކީ ސްކުލްގައި ކިޔަވައިދޭ ލެންގުއޭޖުގެ ގޮތުގައި ހަމަޖެއްސި އެވެ. މާއްދާތަކުގެ މުޤައްރަރުތައްވެސް އެކުލަވާލެވިފައިވަނީ ޢަރަބި ބަހާއި އިނގިރޭސި ބަހުންނެވެ. މި ސްކޫލްގައި ދަރިވަރުން ކިޔަވާ ބައެއް މާއްދާތަކުގެ ތެރޭގައި އިސްލާމިކް ސްޓަޑީޒް އިން އެރެބިކް، އިސްލާމިކް ސްޓަޑީޒް އިން އިންގްލިޝް، ހިފްޡް އޮފް ދަ ޤުރުއާން (ކީރިތި ޤުރުއާން ހިފްޡު ކުރުން) ކޮމްޕިއުޓަރސް އެންޑް އައިސީޓީ، ބިޒްނަސް ސްޓަޑީޒްގެ މާއްދާތަކާއި އިނގިރޭސިއާއި މެތަމެޓިކްސް، ފިޒިކްސް، ކެމިސްޓްރީ، ބަޔޮލޮޖީ ފަދަ މާއްދާތައް ކިޔެވުން އެއީ މަޖުބޫރު ކަމެކެވެ. މީގެ އިތުން ބްލެކް ބެލްޓާއި ސްވިމިންގ ވެސް މަޖުބޫރު މާއްދާތަކުގެ ގޮތުގައި ހިމެނިފައިވެއެވެ.މިމާއްދާތަކަކީ ކެމްބުރިޖް އިންޓަނޭޝަނަލް ޔުނިވާސިޓީގެ ސްކޫލް ކަރިކިއުލަމްގައި ހިމެނޭ މާއްދާތަކެވެ. ރާއްޖޭގައި 2002 ވަނަ އަހަރުން ފެށިގެން ހަދަމުންދަނީ ކެމްބުރިޖް އިމްތިހާނެވެ. ރާއްޖޭގައި އިތުރުން 144 ޤައުމުގައި ކެމްބުރިޖް އިމްތިހާން ބާއްވައެވެ.މުމްބާއީ އިންޓަނޭޝަނަލް ސްކޫލްގައި ޢުމުރުން ތިން އަހަރުން ފެށިގެން ޢަރަބި ބަހާއި އިނގިރޭސި ބަސް ކިޔަވައިދޭން ފަށައެވެ. އަދި ގްރޭޑް 5 ށް ދާއިރު އެސުކޫލްގެ ދަރިވަރުންނަށް ކީރިތި ޤުރުއާން ހިތުން ދަސްކޮށްދެއެވެ. ގްރޭޑް 9 ށް ދާއިރު ޤުރުއާން ތަރުޖަމާ ކުރެވޭނެ މިންވަރަށް ކުއްޖާގެ ހުނަރު ތަރައްޤީ ކުރެއެވެ. ގްރޭޑް 5 ށް ދާއިރު ބްލެކް ބެލްޓާއި މާޝަލް އާޓްސްގެ ހުނަރު ދަސްކޮށްދެއެވެ. ގްރޭޑް 6 ށް ދާއިރު އެއްވެސް ދަރިވަރަކީ ހަށިގަނޑުގެ ތަރުބިއްޔަތުގެ ގޮތުން ނިކަމެތި ކުއްޖެއް ކަމުގައިވާނަމަ ބްލެކް ބެލްޓް އަދި މަޝަލް އާޓްސް މާއްދާ  ހެދުމަކީ މަޖުބޫރު ކަމެކެވެ.ޢުމުރުން ހަތަރު އަހަރުން ފެށިގެން ޕަބްލިކް ކޮންފަރެންސްތަކުގައި ވާހަކަ ދެއްކުމުގެ ހުނަރުތައް ދަރިވަރަށް ދަސްކޮށްދޭން ފަށައެވެ. އެހެންކަމުން އެ ސްކޫލްގެ ދަރިވަރުންގެ ކިބައިގައި ދިހަހާސް މީހުންގެ ޕަބްލިކް ކޮންފަރެންސްތަކުގައި ވާހަކަ ދެކެވޭ މިންވަރަށް ވާހަކަ ދެއްކުމުގެ ހުނަރު ތަރައްޤީ ކުރެއެވެ. ގުރޭޑު 6 ން ފެށިގެން ޢުމުރުފުރާ ބަހާލެވިގެންދާ ގޮތަށް ކޮމްޕަރޭޓިވް ރިލިޖަންގެ މޮޑިއުލްތައް ކިޔަވައިދޭން ފަށައެވެ.2011 މޭ، ޖޫން ގައި އެ ސްކޫލްގައި އައިޖީސީއެސްއީ ކެމްބުރިޖް އިމްތިހާން ބޭއްވިއެވެ.  88.5 އިންސައްތަ ދަރިވަރުން ވަނީ ފަސްޓް ކްލާސް ދަރަޖައިން ފާސްވެފައެވެ. އެއީ 60 އިންސައްތަ މާކުސްއެވެ. 27 އިންސައްތަ ދަރިވަރުންނަވަނީ އޭ ގްރޭޑް ލިބި އައުޓްސްޓޭންޑިންގ ދަރަޖައިން ފާސްވެފައެވެ. އެއީ 80 އިންސައްތަ މާކުސްއެވެ.އެ އަހަރު އެ ސްކޫލްގެ ފަރާތުން ކެމްބުރިޖް އިމްތިހާނުގައި ބައިވެރިވެގެން ދުނިޔޭގެ އެއްވަނަ ހޯދި ސުމައިލާ ޤުރައިޝީ ވަނީ ހުރިހާ މާއްދާއަކުން އޭ ގްރޭޑް ހޯދާފައެވެ. އެއީ ފަސް މާއްދާއިން 98.4 އިންސަތައިގެ މާކުސް ހޯދައިގެންނެވެ. އަދި ހަތަރު މާއްދާއިން 100 އިން 100 ހޯދައިގެންނެވެ. އޭގެ އިތުރުން ސުމައިލާ ޤުރައިޝީއަކީ ޤުރުއާން ހިތުދަސް ޙާފިޡާ އެކެވެ. އަދި އެ ސްކޫލުން ދުނިޔޭގެ އެއް ވަނަ ހޯދި ދެވަނަ ދަރިވަރު ކަމުގައިވާ ސަމީރާ ޝައިޚް ވަނީ ހުރިހާ މާއްދާއަކުން އޭ ގްރޭޑް ހޯދާފައެވެ. އެއީ ފަސް މާއްދާއިން 97.8 އިންސައްތައެވެ. އަދި 2 މާއްދާއިން ވަނީ 100 އިން 100 ހޯދާފައެވެ. ސަމީރާ އަކީވެސް ޤުރުއާން ހިތުދަސް ހާފިޡާއެކެވެ.ޑރ. ޒާކިރު ނައިކު ވަނީ ސްކޫލް ސިސްޓަމް ދިރާސާކޮށް އިވެލުއޭޓް ކުރާ އެމެރިކާގެ ޕްރޮފެޝަނަލް ކުންފުންޏަކާ ހަވާލުކޮށްގެން ދުނިޔޭގެ 15 ސިޓީއެއްގައި ދިރާސާ ހަދާފައެވެ. އެ ދިރާސާގެ ނަތިޖާ ވަރަށް ކާމިޔާބު ކަމަށާއި އެފަދަ ސްކޫލްތައް ދުނިޔޭގެ އެހެން ސިޓީތަކުގައިވެސް ކާމިޔާބުކަމާއެކު ހިންގިދާނެ ކަމަށް އެ ދިރާސާގެ އަލީގައި ހަމާވެގެން ދިޔަކަމަށް ޑރ. ޒާކިރު ނައިކު ވިދާޅުވިއެވެ.ޑރ. ޒާކިރު ނައިކު ވަނީ ސްކޫލް ސިސްޓަމް ދިރާސާކޮށް އިވެލުއޭޓް ކުރާ އެމެރިކާގެ ޕްރޮފެޝަނަލް ކުންފުންޏަކާ ހަވާލުކޮށްގެން ދުނިޔޭގެ 15 ސިޓީއެއްގައި ދިރާސާ ހަދާފައެވެ. އެ ދިރާސާގެ ނަތިޖާ ވަރަށް ކާމިޔާބު ކަމަށާއި އެފަދަ ސްކޫލްތައް ދުނިޔޭގެ އެހެން ސިޓީތަކުގައިވެސް ކާމިޔާބުކަމާއެކު ހިންގިދާނެ ކަމަށް އެ ދިރާސާގެ އަލީގައި ހަމާވެގެން ދިޔަކަމަށް ޑރ. ޒާކިރު ނައިކު ވިދާޅުވިއެވެ.ޑރ. ޒާކިރު ނައިކު ވިދާޅުވީ އެ ސްކޫލްގެ ކާމިޔަބަށް ބަލައި ދުނިޔޭގެ 100 ށްވުރެ ގިނަ ސިޓީއިން އެފަދަ ސުކޫލުތައް އެ ސިޓީތަކުގައި ހިންގުމަށް ދަޢުވަތު ލިބިފައިވާ ކަމަށެވެ.ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެރޭގައި އެފަދަ ސުކޫލުތައް ސްރީލަންކާގެ ކޮލަމްބޯ އާއި އެމިރޭޓްސްގެ ދުބާއީ އާއި ސައުދީ ޢަރަބިއާގެ ރިޔާޟުގެ އިތުރުން ޖިއްދާގައި އެޅުމަށް މާސްޓަރޕްލޭން އެކުލަވާލެވިފައިވާ ކަމަށް ޑރ. ޒާކިރު ނައިކު ވިދާޅުވިއެވެ.މިފަދަ ސްކޫލް ސިސްޓަމަކީ އަޅުގަނޑުމެންގެ ރާއްޖެ ފަދަ އިސްލާމީ ޤައުމަކަށް އެންމެ އެކަށޭނެ ސްކޫލް ސިސްޓަމެވެ. މި ސްކޫލް މޮޑިއުލް ތޢާރަފުކުރުމަށް އިތުރު ދިރާސާތަކެއް ބޭނުމެއްނުވެއެވެ.ބައިނަލްޢަޤުވާމީ ޕްރޮފެޝަނަލް ކުންފުންޏެއްގެ ދިރާސާގެ މައްޗަށް އެކުލެވޭ ކާމިޔާބު މޮޑިއުލްއެކެވެ. ކެމްބުރިޖް އިންޓަނޭޝަނަލް އިމްތިހާނުގައި ދުނިޔޭގެ ވަނަތައް ހޯދާފައިވާ ކާމިޔާބު މޮޑިއުލްއެކެވެ. ދީނާއި ދުނިޔެ ޝާމިލްވާ މޮޑިއުލްއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ