މާލެ އަތޮޅާއި މ. އަތޮޅާ ދެމެދުގެ ރަށްތަކަށް މޫސުން ގޯސް، ވައިޓް އެލާޓް ނެރެފި

މާލެ އަތޮޅުން ފެށިގެން މ. އަތޮޅާ ދެމެދުގައިވާ ރަށްތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ މޫސުމާ ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސާރވިސް (މެޓް އޮފީސް) އިން ބުނީ މާލެ އަތޮޅާއި މ. އަތޮޅުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި އަދި ގުގުރުން ވެސް އެކަށީގެންވާ ކަމަށެވެ.
މެޓް އޮފީހުން ބުނީ ވިލާގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 40 މޭލަށް ވައި ޖެހޭނެ ކަމަށާއި އެހެންކަމުން މާލެ އަތޮޅާއި މ. އަތޮޅުގެ ރަށްތަކަށް ބުދަ ދުވަހުގެ 09:30 އިން ފެށިގެން 12:00 އާހަމައަށް ވައިޓް އެލާޓް ނެރެފައިވާ ކަމަށެވެ.
މީގެ އިތުރުން، މެޓް އޮފީހުން ބުނީ ރާއްޖޭ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށެވެ.
މެޓް އޮފީހުން ބުނީ ވައިޖެހޭނީ އުތުރުގެ އަތޮޅުަތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގަ އެވެ. އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުދެކުނުން ގަޑިއަކު ހަތް މޭލާއި 17 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ އުތުރުގެ ކަނޑުތައް މަޑުވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ