ތިމަރަފުށި ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާއާއި ތިނަދޫ އުތުރު މެންބަރު ސައުދުﷲ ހިލްމީއާއި، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހު ޕީޕީއެމުން ވަކި ކުރަން ނިންމި ނިންމުމަކީ ދެކޮޅު ޖެހޭ ނިންމުމެއް ނޫން ކަމަށް ރައީސް މައުމޫން އަބްދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން މެންބަރަކު ވަކިވާން އެދޭ ހިސާބުން ފެށިގެން ޕާޓިން ވަކިވާނެ ކަމަށް ކަނޑައަޅާފައިވާއިރު މުސްތަފާއާއި ސައުދާއި، ޝާހުވަނީ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ކުރިން ޕީޕީއެމުން ވަކިވެފައި ކަމަށާއި އެހެންކަމުން އެ މެންބަރުން އަލުން ވަކި ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.
މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތް ކަމަށް 45 މެންބަރުން ސޮއިކޮށް ހުށަހެޅި ޕެޓިޝަނުގައި މި ތިން މެންބަރުން ވެސް ސޮއިކުރައްވާފައިވާ އިރު އޭގެ ފަހުން ޕީޕީއެމުން ވަކިވި 10 މެންބަރުންގެ ތެރޭގައި ވެސް މި ތިން މެންބަރުން ހިމެނެ އެވެ.
އެ ތިން މެންބަރުން ޕާޓީން ވަކިކުރަން ނިންމީ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފުވެ، ސަރުކާރު ބަދުނާމު ކުރުމަށް މަސައްކަތްކޮށް، ޕާލިމެންޓްރީ ގްރޫޕްގެ ނިންމުންތަކާ ޚިލާފަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އެވެ.
ޕީޕީއެމުންވަކިކޮށް 7 މެމްބަރެއްގެ ގޮޏޑިގެއްލިފައިވާ ކަމަށް މިހާރުވަނީ ކަނޑައަޅާފައެވެ. އެއީ ދިއްދޫ މެންބަރު އަބްދުއް ލަތީފު މުހައްމަދާއި މަޑުއްވަރީ މެންބަރު މުހައްމަދު އަމީތާއި، ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދާއި، ވިލިގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިންއާއި، މައްޗަންގޮޅި ދެކުނު މެންބަރު އަބްދުﷲ ސިނާނާއި ދަނގެތީ މެންބަރު އިލްހާމް އަހުމަދާއި، ތިނަދޫ ދެކުނު މެންބަރު އަބްދުﷲ އަހުމަދުގެ ގޮނޑިއެވެ.
3 މެމްބަރުން ވަކިކުރުން ދެކޮޅެއް ނުޖެހޭ: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ