މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވެފައި އޮތުމަށް ފަހު އިއްޔެ މޫސުން ރަނގަޅު ވިނަމަވެސް މިއަދު އަނެއްކާ މޫސުން ގޯސްވެއްޖެއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ދެންމެ ވަނީ ބައެއް އަތޮޅުތަކަށް އަނެއްކާވެސް ވައިޓް އެލާޓް ނެރެފައެވެ.
ވައިޓް އެލާޓް ނެރެފައި ވަނީ ކ.އަތޮޅުން ފެށިގެން ގއ.އަތޮޅާއި ދެމެދުގައެވެ. ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 11:30 އިން ފެށިގެން 16:00 އަށެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން މިއަދު ހެނދުނު 10:00 ގައި ނެރުނު ބަޔާނުގައި ވަނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ދެކުނާއި މެދުތެރޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި އަދި ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ. އުތުރަށް ކެރީގެ އަސަރު ފޯރިނަމަވެސް މޫސުން އާއްމު ގޮތެއްގައި ރަގަޅުވާނެ ކަމަށެވެ.
މެދުތެރެއާއި ދެކުނުގެެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާ 13 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާގެ ބަޔާނުގައި ވެއެވެ.
ދެކުނާއި މެދުތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއެވެ.
މޫސުން އިތުރަށް ގޯސްވެ ވައިޓް އެލާޓް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ