ގާސިމް އިބްރާހިމް މާލެއިން ގެއެއް ބައްލަވައިގެންފި

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މާލެއިން ގެއެއް ބައްލަވައިގެންފި އެވެ. ގާސިމް ބައްލަވައިގަތީ ވިޔަފާރިވެރިޔާ، މ.ވާދީރޯސް މުހައްމަދު އަހުމަދު ދީދީގެ ނަމުގައި ރެޖިސްޓްރީކޮށްފައިވާ މ. ވާދީބިލްޑިންގް އެވެ. ޖުމްލަ 413.33 އަކަފޫޓުގެ ބިމާއި އެތަނުގައި ހުރި އިމާރާތް އަދި ނުއުފުލޭ މުދާ ގާސިމް ބައްލަވައިގަތީ 12 މިލިއަން ރުފިޔާ އަށް ކަމަށް ސިވިލް ކޯޓުގެ ހުކުމުގައިވެ އެވެ. ބިން ގަނެ ބިމަށް ފައިސާ ދައްކާފައިވާތީ އެ ބިމުގައިވާ އެންމެހާ އިމާރާތްތަކާއި ނުއުފުލޭ މުދަލާއި އަމިއްލަ ބިމުގެ މިލްކުވެރި ފަރާތަކީ ގާސިމް އިބްރާހިމް ކަމަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. މަޖިލީހުގެ މެމްބަރެއްގެ އިތުރުން ގާސިމަކީ މަޝްހޫރު ވިޔަފާރިވެރި އެވެ. މިއީ ގާސިމް މާލެއިން ބައްލަވައިގެން ފުރަތަމަ ބިމެއް ނޫނެވެ. މި ނޫނަސް ގާސިމްގެ މިލްކިއްޔާތުގައި މާލޭގައި ބިންތައް ހުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ