6 ޖެނުއަރީ 2020 ގައި ރައީސް ޔާމީން ހުންނަވާނީ ގޭގައި: މެމްބަރު ޝިޔާމް
އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހުގެ ކުރިން ރައީސް ޔާމީން ގެއަށް ބަދަލު ކުރައްވާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު، އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.ޝިޔާމް މިގޮތަށް ވިދާޅުވީ ރައީސް ޔާމީން އަށް އިއްވާފައިވާ "އަނިޔާވެރި ހުކުމާއި ދެކޮޅަށް" ގެ ނަމުގައި ކާނިވަލް ސަރަޙައްދުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ފަރާތުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޝިޔާމް ވަނީ އެކޯލިޝަނަށް ހިތްވަރު ލިބެނީ ގައުމުގެ ޒުވާނުންގެ ފަރާތުންކަން ފާހަގަކުރައްވައި ޒުވާނުން އެބޭފުޅުންގެ މަސައްކަތުގައި ބައިވެރިވަމުންދާކަން ފާހަގަކުރައްވާފައެވެ.މެމްބަރު ޝިޔާމް ވިދާޅުވީ ހައްޔަރު ކޮށްފާނެތީވެ، ނުވަތަ ޖަލަށް ލާފާނެތީ، މިހާރު މިއޮތް ސަރުކާރު ދެކެ ކުޑަކޮށްވެސް ބިރެއް ނުގަންނާނެ ކަމަށާއި، ރައީސް ޔާމީނަށް ތާޢީދު ކުރައްވާ 96،000 ރައްޔިތުންވެސް ހައްޔަރުކުރެވިދާނެ ކަމަށާއި، ނަމަވެސް އެބޭފުޅުންގެ މަސައްކަތް ދުވަހެއް، ދުވަހަކުން އިތުރަށް ވާނީ ވަރުގަދަ ކަމަށެވެ.އޭނާ ވަނީ ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވަނީ ސީދާ ރައީސް އޮފީހުން ކަން އެނގޭ ކަން ހާމަކުރައްވާފައެވެ. ފަނޑިޔާރުންނަށް ފޯން ކޯލްތައް އަންނަނީ ސީދާ ރައީސް އޮފީހުން ކަމަށް އޭނާ ވިދާޅުވިއެވެ. ޝިޔާމް ހާމަކުރެއްވިގޮތުގައި ޕީޕީއެމް ވެރިކަމެއްގައި ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވާ ބޭފުޅުންނާ އަދުލު އިންސާފު އަރާ ހަމަކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ