މިއަހަރުގެ މެދުތެރޭގައި އައްޑޫގެ ކަރަންޓް ހާލަތު އިތުރަށް ރަނގަޅު ވެގެންދާނެ - އައިބީ

މިއަހަރުގެ މެދުތެރޭގައި އައްޑޫގެ ކަރަންޓް ހާލަތު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް، ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމްދީދީ (އައިބީ) ވިދާޅުވެއްޖެ އެވެ.
އައްޑޫ އަށް މިދިޔަ އަހަރުގެ ރޯދަ މަހުގެ ތެރޭގައި ގެނައި ދެ މެގަވޮޓްގެ ދެ އިންޖީނު "މިނިވަން 50" ގެ ހަރަކާތްތަކަށް ސްޓެލްކޯގެ ބޭނުމަށް ވަނީ މާލެ ގެންގޮސްފައެވެ.
އައިބީ ވިދާޅުވީ ސްޓެލްކޯގެ ބޭނުމަށް މާލެ ފޮނުވާލީ ވެސް، އެ ދެ ޖަނަރޭޓަރުގެ ބަދަލުގައި އެ ކުންފުނިން އައްޑު އަށް ދެ މެގޮވޮޓްގެ ދެ އިންޖީނު ހޯދައިދޭ ގޮތަށެވެ. އެ ދެ އިންޖީނު ޖޫންމަހުގެ ހިސާބުގައި ގެނެވޭނެ ކަމަށާއި، އަދި މިއަހަރުގެ މެދުތެރޭގައި އައްޑޫގެ ކަރަންޓް ހާލަތު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށްވެސް އައިބީ ވިދާޅުވިއެވެ.
އައްޑޫގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް މިހާރު 1000 ކިލޯވޮޓްގެ ދެ ޖަނަރޭޓަރު ރާއްޖޭން ބޭރުން ގެނެސްފައިވާއިރު ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި އެ އިންޖީނުތައް ބަހައްޓައި ހިދުމަތް ދޭން ފެށޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ދާދިފަހުން ވަނީ ބުނެފައެވެ.
އެގޮތުން ޖަނަރޭޓަރުތައް ބެހެއްޓުމަށްޓަކައި އިންޖީނު ގޭގައި އަޅަންޖެހޭ ބެޑް މިހާރު އަޅާފައިވާ ކަމަށާއި، އިންޖީނުތަކަށް ބޭނުންވާ ސީވޯޓާ ކޫލިން ސިސްޓަމް ބެހެއްޓުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ފެނަކައިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ