އުމަރު ނަސީރު ހޯމް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވައިފި

އުމަރު ނަސީރު ހޯމް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވައިފިއެވެ.
ހޯމް މިނިސްޓަރުކަމުގެ މަޤާމުގަައި ހުންނެވި އުމަރު ނަސީރު، މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މަޤާމުން އިސްތިއުފާ ދެއްވަން ނިންމަވާފައިވާ ކަމަށާއި، ރައީސް ޔާމީންގެ ފަރާތުން ލިބިލެއްވި ސަޕޯޓަށް އެމަނިކުފާނަށް ޝުކުރު ދަންނަވާ ކަމަށެވެ.
ހޯމް މިނިސްޓަރ އުމަރު ނަސީރު އިސްތިއުފާ ދެއްވާފައިވާއި، ޓެރަރިޒަމްގެ ޤާނޫނުގެ ދަށުން މޮނިކޮން އަމުރު ނެރުމަށް ހައިކޯޓަށް ހުށަހެޅުމުގެ ބާރު ހޯމް މިނިސްޓަރަށް އޮންނަ އޮތުން ދާދި ފަހުން ވަނީ ކޮމެޓީ އަކަށް ބަދަލުކޮށްފައެެވެ. މަޤާމުން އިސްތިއުފާ ދެއްވި އިރު، ރިޔާސީ ލޯންޗް ކޮޅު ގޮއްވާލި ހާދިސާގެ ތަހްޤީޤަށް ރައީސް އެކުލަވާލައްވާފައިވާ ނޭޝަނަލް އިންކުއަރީ ކޮމިޝަންގެ ކޯ ޗެއަރ އަކަށްވެސް ހުންނެވީ އެމަނިކުފާނެވެ. އަދި ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސް އަކަށްވެސް ހުންނެވީ ހޯމް މިނިސްޓަރ އުމަރެވެ. އުމަރު އިސްތިއުފާ ދެއްވުމާއެކު މި ދެމަޤާމަށްވެސް ހުސްކަމެއް އަންނާނެއެވެ.
އުމަރު މީގެ ކުރިން ވިދާޅުވެފައިވަނީ މަގާމުން އިސްތިއުފާ ދެއްވާނަމަ ދެއްވާނީ ރައީސް ޔާމީނަށް ދަންނަވާފައި ވަރަށް ރީތިކޮށް ކަމަށާއި ރައީސް ޔާމީންގެ ސަރުކާރާ ވަކިވި ނަމަވެސް ދެން އަންނަ ރިޔާސީ އިންތިހާބެއްގައި ވާދަ ނުކުރައްވާ ރައީސް ޔާމީނަށް ތާއީދު ކުރެއްވުމުގައި ހުންނަވާނެ ކަމަށެވެ.
މީގެ އިތުރުން އުމަރު ވިދާޅުވެފައިވަނީ ސަރުކާރުން ނިކުމެގެން ދާން ޖެހުނަސް ރައީސްއާ އިދިކޮޅު ފަރާތްތަކާ ނުގުޅޭނެ ކަމަށާޢި ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު މަސައްކަތް ކުރުމަކީ، 100 ޕަސެންޓް ނުވާނެ ކަމެއް ކަމަށެވެ. ޖަލުގައި އޮންނަން ޖެހުނަސް ގައުމުގައި ހައްގުގައި އެއީ ކުރެވެން ނެތް ކަމެއް ކަމަށް އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ