ރައީސް މައުމޫން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން

ޕީޕީއެމްގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ލައިވް ކަވަރޭޖަށް މަރުހަބާ!
ޕީޕީއެމްގެ އޮފީހުގައި ބާއްވާ މި ނޫސްވެރިންގެ ބައްދަލުވުން ފަށާނީ، މިރޭ 10:15 ގައެވެ.
ނޫސްވެރިންގެ ބައްދަލުވުމެއް ރައީސް މައުމޫން މިރޭ ބާއްވާއިރު، ޕީޕީއެމްގެ އެތެރޭގެ ކޯޅުން ވަނީ ވަރަށް ބޮޑުވެފައެވެ. އެގޮތުން ރައީސް މައުމޫން ވަނީ ޕީޕީއެމްގެ ކޮމެޓީތަކުގެ ބައްދަލުވުންތައް ބޭއްވުން ހުއްޓުވާ އެޕާޓީގެ ނައިބު ރައީސްގެ ބާރުތައް ނަންގަވާފައެވެ.
ޕީޕީއެމްގެ އެތެރޭގައި ކޯޅުން ބޮޑުވެފައި މިވަނީ ރައީސް މައުމޫންގެ ވިސްނުންފުޅާއި ދެކޮޅަށް ޓްއަރިޒަމް ޤާނޫނު އިސްލާހްކޮށް ބިޑަކާއި ނުލައި ރަށްތައް ދެވޭ ގޮތައް ޤާނޫނު އިސްލާހް ކުރުމާއި ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ