ރައީސްގެ މެމްބަރު ކަމަށް ސަލީމާއި މަހުލޫފު އައްޔަން ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެންބަރު ކަމަށް ހ. ރަތްކުންނާރުގޭ މުހަންމަދު ސަލީމް )ހޯރަފުށީ ސަލީމު( އަދި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެންބަރު ކަމަށް ގ. ހާފްސީ، އަހުމަދު މަހްލޫފް )މަހޭ( ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަން ކުރައްވައި މެމްބަރުކަމުގެ ގާނޫނީ ހުވާ ރައީސްގެ ކުރިފުޅުމަތީގައި މިއަދު ކުރައްވައިފި އެވެ.
މިހާތަނަށް ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެންބަރުކަމުގެ ގޮނޑީގައި އިންނެވި ސަލީމު، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މެންބަރު ކަމަށް އައްޔަން ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެންބަރު އިމާދު ސާލިހު މެންބަރުކަމުން ވަކިކުރެއްވުމާ ގުޅިގެން ގޮނޑިއެއް ހުސްވެފައި ވާތީ ކަމަށް ރައީސް އޮފީހުން މިއަދު ނެރުއްވި ބަޔާނެއްގައި ވެ އެވެ. ޑީއާރްޕީގެ ޒުވާނުންގެ ގޮފީގެ ނައިބު ރައީސްކަމުގެ ހުންނެވި މަހުލޫފު އައްޔަން ކުރެއްވީ ސަލީމު ފުރުއްވަމުން ގެންދެވި ހާއްސަ މަޖިލީހުގެ ގޮނޑިއަށެވެ.
މިއަދު މެންދުރުފަހު ރައީސް އޮފީހުގައި އޮތް މި ރަސްމިއްޔާތުގައި މި ދެ ބޭފުޅުންނަށް ހުވާލައިދެއްވީ އުއްތަމަ ފަނޑިޔާރު ޝައިޚު މުހަންމަދު ރަޝީދު އިބްރާހީމެވެ.
ސަލީމް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަހުމަދު ޒާހިރާއި މިނިސްޓަ ފޮ ޕްރެޒިޑެންޝަލް އެފެއާޒް މުހަންމަދު ހުސައިނާއި ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު އަލްއުސްތާޒު އަހުމަދު މުހަންމަދު ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ސަލިމާއި މަހްލޫފް ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމާއި މިނިސްޓަ ފޮ ޕްރެޒިޑެންޝަލް އެފެއާޒް މުހަންމަދު ހުސައިނާއި ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު އަލްއުސްތާޒު އަހުމަދު މުހަންމަދު ބައިވެރިވެވަޑައިގެންނެވި އެވެ.
27: 13
ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެންބަރު ކަމުގައި ހުންނެވި ހޯރަފުށީ މުހައްމަދު ސަލީމު ރައްޔިތުންގެ މަޖިލީހުގެ ރައީސުލްޖުމުހޫރިއްޔާގެ މެންބަރުކަން ދެއްވައި ޑީއާރުޕީގެ ޒުވާނުންގެ ގޮފީގެ ނާއިބު ރައީސް އަހުމަދު މަހުލޫފަށް ހާއްސަ މަޖިލީހުގެ ރައީސުލްޖުމުހޫރިއްޔާގެ މެންބަރުކަން މިއަދު ދެއްވައިފި އެވެ. އެކަން ވަނީ އެ ދެބޭފުޅުން ވެސް ކަށަވަރުކޮށްދެއްވައިފަ އެވެ.
(އިތުރު ތަފްސީލު އަންނަނީ..)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ