ޕީޕީއެމްގެ ވެރިކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް އަނިޔާވެރިވާއިރު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ލަދުގަންނަން ޖެހިވަޑައިގަންނަވާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާސިމް އިބްރާހީމް ރައީސް ޔާމީނަށް ތާއީދުކުރެއްވީ މައުމޫން އާދޭސް ކުރައްވައިގެން ކަމަށާއި އެހެންކަމުން ޕީޕީއެމްގެ ވެރިކަމުގައި ގާސިމަށް އަނިޔާވެރިވާހިނދު އެކަމާއި މައުމޫން ލަދުގަންނަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.
މިފަހަކަށް އައިސް އިމްރާން އަންނަނީ ސަރުކާރަށް ފާޑު ވިދާޅުވެ އެކި ޓްވީޓްތައް ކުރައްވަމުންނެވެ.
ރައީސް ޔާމީން މިއަދު ރިޔާސީ ބަޔާން އިއްވެވި ވަގުތު އިދިކޮޅު ފަރާތްތަކުން އަޑުގަދަކޮށް ހެދުމާއި ގުޅިގެން އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން މިހާރު އިހްސާސް ކުރައްވަމުން އެގެންދަވަނީ އެމަނިކުފާނު ވެރިކަމަށް ގެނައި ކޯލިޝަން ރޫޅާލުމުގެ ހިތިކަން ކަމަށެވެ.
މީގެއިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ހައްޔަރު ކުރުމާއި ގުލިގެންވެސް އިމްރާން އަންނަނީ ސަރުކާރަށް ފާޑު ވިދާޅުވެ ތަފާތު ޓްވީޓްތައް ކުރައްވަމުންނެވެ. އަދި ނާޒިމް މިނިވަން ކުރުމަށްވެސް ވަނީ ގޮވާލާފަ އެވެ.
ޕީޕީއެމްގެ ވެރިކަމުގައި ގާސިމަށް އަނިޔާވެރިވާއިރު މައުމޫން ލަދުގަންނަންޖެހޭނެ: އިމްރާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ