ޝަރުއީ ނިޒާމު މިނިވަންކުރުމަށް ނިކުތް ވަކީލުންގެ ސަސްޕެންޝަން އުވާލާ، ކޯޓްތައް މިިނިވަންކުރުމަށް ރައްޔިތުން ތެދުވަން ގޮވާލައްވާކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.
އަމީން މިހެން ވިދާޅުވީ ޝަރުއީ ދާއިރާގެ މައްސަލަތައް ފާހަގަކޮށް އެކަންކަން އިސްލާހު ކޮށްދިނުމަށް އެދި، ވަކީލުން ސުޕްރީމް ކޯޓަށް ހުށަހަޅަން މަސައްކަތް ކުރި ޕެޓިޝަނަކާ ގުޅިގެން އެ ޕެޓިޝަންގައި ސޮއިކުރި 56 ވަކީލުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ސަސްޕެންޑު ކުރުމާ ގުޅިގެން ކުރައްވާފައިވާ ޓްވީޓްތަކެއްގައެވެ.
އަމީން ވިދާޅުވީ ސިޔާސީ ބޭނުމަށް އެކި ބަހަަނާތަކުގައި ސަސްޕެންޑްކުރި ވަކީލުންގެ ސަސްޕެންޝަން އުވާލާ ކޯޓްތައް މިިނިވަންކުރުމަށް ރައްޔިތުން ތެދުވަން ގޮވާލައްވާކަމަށެވެ.
އަމީން ވިދާޅުވީ، އެކިއެކި މައްސަލަތަކުގައި ކޯޓްތަކަށް ގޮސްގޮސްތިބި އެތަށް ގާނޫނީ ވަކީލުންތަކެއް އެއްފަހަރާ، ސަސްޕެންޑްކުރުުން އެ ގެއްލުނީ ވަކީލުންގެ ހައްގުތައް އެކަނި ނޫންކަމަށެވެ.
އެކަމުގެ ސަބަބުން އަދުލްއިންސާފު ހޯދުމުގައި އެތަށް ރައްޔިތެއްގެ ހައްގު ގެއްލި، ގާނޫން އަސާސީން ކަށަވަރުކޮށްދޭ އަދުލުވެރި ޝަރީއަތަކުން ދިވެހި ރައްޔިތުން މަހުރޫމް ކުރެވުނީކަމަށް އަމީން ވިދާޅުވިއެވެ.
އަމީން ވަނީ ވަކީލުންތަކެއް ސަސްޕެންޑްކުރުމުން ކޮރަޕްޓްވެފައިވާ ޖުޑިޝަރީގެ މިނިވަންކަން ކަށަވަރުވެ، ގެއްލުނު އަބުރު އަނބުރާ ލިބިއްޖެތޯވެސް ސުވާލު ކުރައްވާފައެވެ.
ޝަރުއީ ދާއިރާގެ މައްސަލަތައް ފާހަގަކޮށް އެކަންކަން އިސްލާހުކޮށްދިނުމަށް އެދި ވަކީލުން ސުޕްރީމް ކޯޓަށް ހުށަހަޅަން މަސައްކަތް ކުރި ޕެޓިޝަނާ ގުޅިގެން 56 ވަކީލުން ސަސްޕެންޑްކޮށްފައިވާކަން ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހާމަކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ.
އެ ވަކީލުން ވަނީ ސަސްޕެންޑްކުރި ނަމަވެސް ފަހަތަށް ނުޖެހޭނެކަމަށާ އިތުރު ވަކީލުން ސޮއިކޮށް އަލުން ޕެޓިޝަން ހުށައަޅާނެކަމަށް ބުނެފައެވެ.
ރޭ ޑީޖޭއޭއިން ސަސްޕެންޑްކޮށްފައިވަނީ ކޯޓްތަކުގައި މިހާރު ހިނގަމުންދާ ގިނަ މައްސަލަތަކުގައި ވަކާލާތުކުރައްވާ ރައްޔިތުންގެ އިތުބާރު ވަރަށް ބޮޑަށް ލިބިފައިވާ ވަކީލުންތަކެއްކަން ފާހަގަކޮށްލެވެއެވެ.
ކޯޓްތައް މިިނިވަންކުރުމަށް ރައްޔިތުން ތެދުވަންޖެހޭ: އަމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ