ފާރިސް ރިޝްވަތެއް ނުދެއްވާ، ސާބިތު ކުރަން ޖެހޭނީ ދޮގު ހެކި އުފައްދައިގެން: ރައީސް މައުމޫން

ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ރިޝްވަތު ދެއްވިކަމަށް ބުނެ ކުރާ ތުހުމަތަށް ސާބިތު ހެއްކެތް ފުލުހުންނަށް ނުހޯދޭނެ ފާރިސްގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ކޯޓު އަމުރެއްގެ ދަށުން މިއަދު ހަވީރު 18:00 ޖަހަންދެން ފާރިސް ދިރިއުޅުއްވާގެ ބަލާ ފާސްކުރައްވާނެ އެވެ.
ރައީސް މައުމޫން ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއު އެއްގައި ވިދާޅުވީ، ފާރިސް އެއްވެސް މީހަކަށް ރިޝްވަތު ދެއްވާފައި ނުވާ ކަމަށާއި އަދި ދުވަހަކުވެސް ނުދެއްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ. އަދި ފުލުހުން ތަހުގީގު ކުރިއަސް ފާރިސް އާއި ދެކޮޅަށް އެއްވެސް ހެއްކެތް ނުހޯދޭނެ ކަމަށާއި ނަމަވެސް މިހާރަކަށް އައިސް ދޮގު ހެކި އުފައްދާ ކަމަށެވެ. އެގޮތުން ފާރިސް އާއި ދެކޮޅަށް ވެސް ދޮގު ހެއްކެއް އުފެދިދާނެ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
އަދި އިތުރަށް ރައީސް މައުމޫން ވިދާޅުވީ ފާރިސް އަބަދުވެސް މަސައްކަތް ކުރައްވަނީ ރައްޔިތުންގެ ހައްގުގައި ރައްޔިތުންގެ ފަޅީގައި ކަމަށާއި ފާރިސް އަކީ ވަރަށް ހިތްވަރުގަދަ ބޭފުޅެއްކަމަށެވެ.
ރިޝްވަތުގެ ތުހުމަތު ކުރި ނަމަވެސް ފާރިސްގެ އަޒުމަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ