އަދީބަކީ ވަރަށް ނުރައްކާތެރި ކުށްވެރިއެއް، އިދިކޮޅު ފަރާތްތަކުން އުޅެނީ އޭނާ ހީރޯއަކަށް ހަދަން: އުމަރު ނަސީރް

އަދީބަކީ ވަރަށް ނުރައްކާތެރި ކުށްވެރިއެއް ކަމަށާއި، އިދިކޮޅު ފަރާތްތަކުން އުޅެނީ އޭނާ ހީރޯއަކަށް ހަދަން ކަމަށް ކުރީގެ ހޯމް މިނިސްޓާރ އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު ވިދާޅުވި ގޮތުގައި ރާއްޖެއިން އަދީބަށް ބޭސް ފަރުވާ ކުރެވޭނެ ކަމަށާއި އޭނާ ރާއްޖެއިން ބޭރަށް ފޮނުވައިފިނަމަ ފިލާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
އިތުރަށް ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ އަދީބް ފިލަން ފުރުސަތު ދީފި ނަމަ ނާޒިމް އަށް އިންސާފް ހޯދައިދިނުމަށް ހުރަސްއެޅިގެން ދާނެ ކަމަށެވެ. އަދި ނާޒިމްގެ މައްސަލައިގައި އަދީބް ބަޔާން ދެއްވަން ތައްޔާރަ ހުރި ކަމަށާއި އަދި މިފަދަ ފުރުސަތެއްގައި އޭނާ އަށް ފިލުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.
ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް އުއްތަމަފަންޑިޔާރަށް ފޮނުވި ސިޓީ އެއްގައި ވިދާލުވެފައިވަނީ ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ފިސްތޯލާއި ނާޒިމް އާއި އެއްވެސް ގުޅުމެއް ނެތް ކަމަށާއި ފިސްތޯލާއި ގުޅޭ އެއްވެސް ކަމެއް ނާޒިމް އަށް އެނގިވަޑައި ނުގަންނަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ