ރަޝީދުގެ މަރުގެ ފުރިހަމަ ތަހުގީގަކަށް ރައީސް މައުމޫނު ގޮވާލައްވައިފި

މޭޑޭގެ މުޒާހަރާއާއި ގުޅިގެން ޖަލަށްލާފައި ހުއްޓާ ހާލު ބޮޑުވެ އައިޖިއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް މިއަދު މަރުވި ގ ކީމަ އުމުރުން 51 އަހަރުގެ އަބްދުﷲ ރަޝީދު މުހައްމަދުގެ މަރުގެ ފުރިހަމަ ތަހުގީގެއް ކުރުމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ގޮވާ ލައްވައިފިއެވެ.
ރައީސް މައުމޫނު މިކަމަށް ގޮވާލެއްވީ ރަޝީދުގެ މަރާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރަށްވާ މިއަދު ކުރެއްވި ޓްވިޓެއް ގައެވެ.Deeply concerned by death of elderly prison inmate under care of @CorrectionsMv I call on authorities to carry out a full inquiry. pic.twitter.com/rM7Xc9oXyr— Maumoon Abdul Gayoom (@maumoonagayoom) October 10, 2017ރަޝީދުގެ މަރުގެ ފުރިހަމަ ތަހުގީގަކަށް ރައީސް މައުމޫނު ގޮވާލެއްވި އިރު އިދިކޮޅު ފަރާތްތަކުންވެސްވަނީ މި މަރުގެ ތަހުގީގެއް ހިންގުމަށް ގޮވާލާފައެވެ.
އަދި ރަޝީދު މަރުވެފައިވަނީ އެކަށީގެންވާ ބޭސްފަރުވާ ނުދިނުމުން ސަރުކާރުގެ އިހުމާލުން ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ތުހުމަތު ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ