ރައީސް މައުމޫން ސިންގަޕޫރަށް ފުރާވަޑައިގެންފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ. ޕީޕީއެމްގެ ކުރީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް "ސަން" އަށް ވިދާޅުވީ ރައީސް މައުމޫން ސިންގަޕޫރަށް ފުރާވަޑައިގަތީ ސިންގަޕޯ އެއާލައިންސްގެ ފްލައިޓަކުން މިރޭ 11:40 އެހައިކަންހާއިރު ކަމަށެވެ. ރައީސް މައުމޫން ސިންގަޕޫރަށް ފުރާވަޑައިގަތީ ނުރަސްމީ ދަތުރުފުޅެއްގައި ކަމަށް ވެސް އަލީމް ވިދާޅުވިއެވެ. އެމަނިކުފާނާއެކު އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ވެސް ވަނީ ފުރާވަޑައިގެންފައެވެ. ރައީސް މައުމޫން ރާއްޖެއިން ބޭރަށް މިރޭ ފުރާވަޑައިގަތްއިރު ގިނަ ދުވަސްތަކެއްވަންދެން ރާއްޖެއިން ބޭރުގައި އުޅުއްވުމަށްފަހު އެނބުރި ވަޑައިގަތީ މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ގިނަ ދުވަސްތަކެއްވަންދެން އެފަހަރު އެމަނިކުފާނު ރާއްޖެއިން ބޭރުގައި ހޭދަކުރެއްވީ އަނބިކަނބަލުން ނަސްރީނާގެ ކޮއްކޯފުޅު ފަރީޝާ އިބްރާހީމް އާލާސްކަންފުޅާ އުޅުއްވާތީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ