އުމަރު ނަސީރު ޖޭޕީއަށް ސޮއި ކުރައްވަނީ

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވަން ނިންމަވައިފި އެވެ.
ވީ ނިއުސްއަށް އުމަރު ވިދާޅުވީ އޭނާ ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަންނަވާނީ އަންނަ ހަފްތާގެ ހޯމަ ދުވަހު ކަަމަށެވެ.
އުމަރުގެ މި ނިންމެވުމަކީ އިދިކޮޅު އިއްތިހާދާއިއެކު މަސައްކަތް ކުރެއްވުމަށް ނިންމެވި ނިންމެވުމެއް ނޫން ކަމަށާއި، ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަންނަވަނީ ހަމައެކަނި ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީއަށް އެހީތެރިވެދިނުމުގެ ގޮތުން ކަމަށް އުމަރު ވިދާޅުވިއެވެ.
"ގާސިމް އިބްރާހިމް ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ވާދަ ކުރައްވާނަމަ އެމަނިކުފާނަށް އިންތިހާބު ކާމިޔާބު ކޮށްދެއްވުމަށް މަސައްކަތް ކުރާނީ، އެނޫން ހާލަތެއްގައި އަޅުގަނޑު ޖުމްހޫރީ ޕާޓީގެ ޓިކެޓަށް ވާދަ ކުރާނަން" އުމަރު ވިދާޅުވިއެވެ.
ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވާނަމަ ޖޭޕީގެ ޓިކެޓް ހޯދުމަށް ވާދަކުރައްވާނެ ކަމަށް އުމަރު ވިދާޅުވިއެވެ.
ރައީސް ޔާމިނުގެ ކެބިނެޓްގެ ހޯމް މިނިސްޓަރުކަން ކުރައްވާފައިވާ އުމަރު ނަސީރު ޕީޕީއެމް އިން ވަކިވެވަޑައިގެން ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަންނަވަން ނިންމެވި ނަމަވެސް އިދިކޮޅު ކޯލިޝަންގައި މަސައްކަތް ނުކުރައްވާނެ ކަމަށް އުމަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ