ގާސިމް އިބްރާހިމް މިނިވަންކުރުމަށް މާމިގިއްޔާއި ފެންފުށިން ގޮވާލައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކުއްލިގޮތަކަށް ހައްޔަރުކުރުމާއި ގުޅިގެން ގާސިމް އިބްރާހިމް މިނިވަންކުރުމަށް ގޮވާލާ އދ މާމިގިލި އަދި ފެންފުށީގައި މުޒާހަރާކޮށްފިއެވެ.
މިއަދު ހަވީރު އެދެރަށުގައި ގިނަ އަދަދެއްގެ އާންމުން ވަނީ މުޒާހަރާކޮށް ވަގުތުން ވަގުތަށް ގާސިމް އިބްރާހިމް މިނިވަންކޮށް ދޫކޮށްލުމަށް ގޮވާލާ އަޑުއުފުލާފައެވެ.
ޖުމްހޫރީ ޕާޓީއާއި ގާސިމް އިބްރާހިމަށް ހެޔޮއެދޭ ފަރާތްތަކުން ކުރިއަށްގެންދިޔަ މި މުޒާހަރާއާއި ގުޅޭގޮތުން ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ފެންފުށީގައި މުޒާހަރާކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅަކު ވިދާޅުވީ ސުލަހަވެރިކަމާއެކު ކުރިއަށް ގެންދިޔަ މި މުޒާހަރާގައި ފެންފުށީގެ ގިނަ އަދަދެއްގެ އާންމުން ބައިވެރިވި ކަމަށެވެ.
އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއެކު ރައްޔިތުން ތިބިކަން ހާމަކޮށްފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ