ކޮވިޑު-19 އާއި ގުޅިގެން ސަރުކާރުން އިއުލާންކޮށްފައިވާ ފުރަބަންދާއި، ބޭރަށް ނިކުމެ އުޅުން މަނާކުރުން ފަދަކަންކަން އުވާނުލައިގެން އައްޑޫ ސިޓީގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު ހިޔަލީ އަހްމަދު ރަޝީދު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.މިގޮތުން މިއަދު ކުރެއްވި ޓުވީޓެއްގައި އަހްމަދު ރަޝީދު ވިދާޅުވީ، ދެއަތް ފުރަގަހަށް ލައިގެން، ބަނދެފައި، ހައްޔަރުކޮށް، އަތުން ފައިން މަސައްކަތެއް ކުރެވުނަ ނުދީ، ގުދަނަކަށް ލައިގެން، ވާނުވާ އެއް ނޭނގި ތިބެން މިޖެހެނީ ކިހާ ދުވަހަކަށް ކަން އެނގިއްޖެނަމަ ވަރަށް ރަނގަޅު ކަމަށެވެ. Dheah bihdhrah laafei bendhe obiedai hayyarakoh athun fain maskkathah viene nidhere gudhanah laagen vey ah nivey ah niegi thibeyh mijehenee kehei dhuvahakah kan agigey fehe lahka vara.— Araairu Rasheed (@AraairuRasheed) May 20, 2020ކޮވިޑު-19 އާއި ގުޅިގެން ސަރުކާރުން ވަނީ މާޗު 25 ވަނަ ދުވަހު ރާޢްޖޭގެ ބޯޑަރުތައް ބަންދުކޮށްފައެވެ. އަދި އޭޕްރިލް 15 ގައި މާލެއިން މީހަކު ކޮވިޑު-19 އަށް ޕޮޒިޓިވް ވުމުން، މާލޭގައި ގެއިން ބޭރަށް ނިކުމެ އުޅުން މަނާކޮށްފައެވެ. އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ދަނީ މި ފިޔަވަޅުތައް އުވާލުމަށް ގޮވާލަމުންނެވެ.މިގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދުވެސް ވަނީ މި ފިޔަވަޅުތަކާއި ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. ސަރުކާރުން ދަނީ މި ފިޔަވަޅުތައް އުވާލުމާމެދު ވިސްނަމުން ދާކަމަށް ބުނެފައެވެ. އަދި ޖޫން މަސްތެރޭގައި ފަތުރުވެރިކަމަށް ރާޢްޖެ ހުޅުވާލުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ހިތަދޫ މެދުދާއިރާގެ މެމްބަރުގެ އަހުމަދު ރަޝީދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ