ދަރިކަލުންނާ މެދު އިހުސާންތެރިވުމަށް ގާސިމް އެދިވަޑައިގެންފި

ފުލުހުންގެ ބެލުމުގައި ދަށުގައި ހައްޔަރުކޮށްފައި ހުންނެވި ގާސިމް އިބްރާހީމްގެ ދަރިކަލުން އިބްރާހީމް ސިޔާދު ގާސިމްއާ މެދު ފުލުހުން އިހުސާންތެރިވުމަށް ގާސިމް އެދިވަޑައިގެންފިއެވެ.
މިވަގުތު ޖަރުމަންވިލާތުގައި ހުންނަވާ މީގެ ކުޑައިރުކޮޅެއްގެ ކުރިން ކުރެއްވި ޓްވީޓްތަކެއްގައި ގާސިމް ވިދާޅުވީ ޖޭޕީގެ ކުލައަކީ ދިވެހި ދިދައިގެ ކުލަތައް ކަމަށާއި ގުޅިފައިވާ ޕާޓީތަކުން ކުރަމުންދާ މަސައްކަތަކީ ރާއްޖޭގެ އިސްތިގުލާލާއި މިނިވަންކަމާއި ގާނޫނުތައް ނެގެހެއްޓުމުގެ މަސައްކަތް ކަމަށެވެ. އަދި އެއްވެސް މީހަކީ ގާނޫނަށް ވުރެ މަތީގައި ހުރި މީހެއް ނޫން ކަމަށް ވެސް ގާސިމް ވިދާޅުވެފައިވެއެވެ.
އަދި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނާއި ފަސާދަ އާއްމުވެގެންދާއިރު ބަލަހައްޓައިގެން ތިބުމަކީ "ލޯ އެންޑް އޯޑަރ" ތޯ ވެސް ގާސިމްގެ ޓްވީޓްގައި ވަނީ ސުވާލު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ