ﷲ އާ ކުއްތަންވާން އެންމެ ބޮޑަށް މަސައްކަތްކުރަންވީ މޫސުން ފެށިފަ އޮތުމުން ޤުރްއާން ކިޔެވުން ގިނަކުރަންވީ ސަބަބު-

ޙައްޖު މަހުގެ ފުރަތަމަ ދުވަސް ފާއިތުވެގެންދިއައީއެވެ. ދެވަނަ ދުވަސް ފާއިތުވެގެންދަނީއެވެ. ވިސްނައިވެސް ނުލެވި ތިއްބާ 10 ދުވަސް އެކުގައި ނިމިގެން ހިނގައިދާނެއެވެ. ނިމިގެން މިދަނީ އަަހަރުގައި ބައްދަލުކުރާނެ އެންމެ އަގުހުރި ނުވަތަ މާތްވެގެންވާ 10 ދުވަހެވެ. ﷲ ތަޢާލާ ޢާއި ކުއްތަންވާން އެންމެ ބޮޑަށް މަސައްކަތްކުރަންވީ 10 ދުވަހެވެ. 
"ﷲ ތަޢާލާ އާއި ކުއްތަންވުމަށް އެދޭ މީހާ ކީރިތި ޤުރްއާނާއި ކައިރިވާށެވެ! ކޮންމެ ދުވަހަކުވެސް ކީރިތި ޤުރްއާން ކިޔަވާށެވެ! ކީރިތި ޤުރްއާން ކިޔެވުމުގައި ހޭދަކުރާ ވަގުތު ގިނަކުރާށެވެ! ކީރިތި ޤުރްއާނަށް އަމަލުކުރުމުގައި ސާބިތުވާށެވެ! ﷲ ތައާލާއި އެންމެ ފަސޭހައިން ކުއްތަން ވެވޭނެ މަގަކީ ކީރިތި ޤުރްއާނެވެ." –އިބްރާހީމް މެންކް 
އަހަރެމެން އެއްވެސް މީހަކަށް މިދުނިޔޭގައި ﷲ ތަޢާލާއެއް ނުފެންނާނެއެވެ! އަހަރެމެންގެ އެންމެ ބޮޑު ކާމިޔާބީއަކީ ﷲ ތަޢާލާ ލޮލަށް ނުފެނި އަހަރެމެން ﷲ ތަޢާލާއަށް އިމާންވެގެން ތިބުމެވެ. ޣައިބަށް ތީމާންވާ ކަމެވެ. 
ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި އީމާންވީ މީހުން ޤިޔާމަތް ދުވަހު ސުވަރުގެ ވައްދަވާނެތެވެ. އަދި ﷲ ތަޢާލާގެ ދީދާރުފުޅުވެސް ދައްކަވާނެތެވެ! 
"ހެޔޮ ޢަމަލުކުޅަ މީހުންނަށް، އެންމެހެޔޮ ޖަޒާ ހުށްޓެވެ. (އެއީ ސުވަރުގެއެވެ.) އަދި އޭގެއިތުރަށްވެސް ހުށްޓެވެ. (އެއީ ﷲ ގެ ދީދާރުފުޅު ދެއްކެވުމެވެ.) އަދި އެއުރެންގެ މޫނުތަކަކަށް ހިރަފުހެއް ނުވަތަ ދެރަކަމެއް ނާރާނެތެވެ. އެއުރެންނަކީ، ސުވަރުގޭގެ އަހުލުވެރިންނެވެ. އެެއުރެން އެތަނުގައި ދެމިތިބޭ ހުށްޓެވެ." (ޔޫނުސް: 26).
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ