ރާއްޖޭގެ ދެކުނުގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސް

ރާއްޖޭގެ ދެކުނުގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވެ ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން ހާމަކޮށްފައިވާ ގޮތުގައި ގއ. އަތޮޅުން ފެށިގެން ގދ. އަތޮޅު ހިމެނޭ ސަރަހައްދަށް މޫސުން ގޯސްވާނެއެވެ. އެ ސަރަހައްދުތަކަށް އެލާޓް ނެރެފައި ވަނީ މިރޭގެ 08:00އާ ހަމައަށެވެ.
އަދި މެޓް އޮފީހުން ބުނާ ގޮތުގައި، ހުޅަނގާއި ހުޅަނގުއުތުރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، އެހެެން ހިސާބުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށާއި، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަަކަށް ގަދަވާނެ ކަމަށް ބުނެއެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާ ސަރަހައްދުތަކުގައި ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އެދެއެވެ.
މޫސުން ގޯސްވެފައި މި ދުވަސްވަރަކީ އީދު ބަންދާ ދިމާކޮށް ގިނަ ބަޔަކު އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ ދުވަސްވަރެއް ކަމުން ދިމާވެދާނެ ކަނޑުމަތީގެ ހާދިސާއަކުން ރައްކާތެރިވުމަށް އޮޑިދޯނި ފަހަރުގެ ސަލާމަތީ ކަންކަމަށް އިސްކަންދޭން ޖެހެއެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ