ކުރިއަށްއޮތް 3 ދުވަހުވެސް މޫސުން ގޯސްވާނެ

ކުރިއަށްއޮތް 3 ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
ޕީއެސްއެމް ނިއުސް އަށް މައުލޫމާތުދެމުން މޫސުމާގުޅޭ ޤައުމީ އިދާރާއިން ބުނީ ރާއްޖެއަށް މިހާރު ކުރަމުންމިދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށެވެ. އެގޮތުން މިއަދާއި، މާދަމާ އަދި ހޯމަދުވަހު އެންމެ ގިނައިން ވާރޭވެހޭނެކަމަށް ލަފާކުރެވެނީ މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށްކަމަށާއި، އެންމެ ވައިގަދަވާނެކަމަށް ލަފާކުރެވެނީ އުތުރާއި މެދުރާއްޖެތެރޭގެ ހިސާބުތަކަށްކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތުދެއެވެ
މޫސުމާ ބެހެ ޤައުމީ އިދާރާއިން މިއަދު ވަނީ ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވައިޓް އެލާޓްވެސް ނެރެފައެވެ.
މިއަދުގެ މޫސުމަށް ބަލާލާއިރު ހުޅަނގާއި ހުޅަނގުއުތުުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކުރެއެވެ. އަދި ރާއްޖޭގެ ކަނޑުތައް ގަދަވެ ރާޅުގެ އުސްމިނުގައި 3 ފޫޓާއި 6 ފޫޓާއި ދެމެދުގެ އުސްމިން ހުންނާނެކަމަށް ބެލެވޭތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ