ރައީސް ސޯލިހު މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލުކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މިއަދު ހަވީރު 4:00 ގައި ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، އެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމުވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
ރައީސް އެންމެ ފަހުން ނޫސްވެރިންނާ ބައްދަލު ކުރައްވާފައި ވަނީ މިމަހުގެ އަށް ވަނަ ދުވަހުއެވެ. އެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ