ނ. ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ފަށާފައި ވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑު ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ.
އެމްޓީސީސީން ބުނީ، މި މަސައްކަތް ފަށާފައި ވަނީ ވަނީ މި މަހުގެ 21 ވަނަ ދުވަހު ކަމަށެވެ. އަދި މި މަސައްކަތް ފެށުމަށް މިދިޔަ އޭޕްރީލް މަހުގެ 7 ވަނަ ދުވަހު މަސައްކަތުގެ ސައިޓު މޮބިލައިޒް ކޮށްފައި ވާކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.
މި މަޝްރޫއުގެ ދަށުން 25 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި 235 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު އެމްޓީސީސީއާ މި މަސައްކަތް ހަވާލު ކުރީ ތިން މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. މި މަޝްރޫއުއަކީ 5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ