އޭދަފުށީގެ އާ ކައުންސިލަރުން ހިވާ ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ބ. އަތޮޅު ކައުންސިލަރުންގެ ހުވާކުރުން އޮންނާނީ މިއަދު ހަވީރު އޮންލައިންކޮށް
ބ. އަތޮޅު ކައުންސިލްގެ ހަތަރު ވަނަ ދައުރަށް އިންތިހާބުވެފައިވާ ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު މިއަދު ހަވީރު އަތޮޅު ކައުންސިލު އިދާރާގައި އޮންލައިންކޮށް ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ބ. އަތޮޅު ކައުންސިލުން ބުނީ ބ. އަތޮޅު ކައުންސިލްގެ ހުވާކުރުން މިއަދު ހަވީރު 4:00 ގައި އޮންނާނީ އޮންލައިންކޮށް ކަމަށެވެ.
މި ރަސްމިއްޔާތު އަތޮޅު ކައުންސިލުގެ ފޭސްބުކް ޕޭޖުން ވަގުތުން ދައްކާ ގޮތަށް ހަމަޖެހިފައި ކަމަށް އަތޮޅު ކައުންސިލުން ބުނެ އެވެ.
މި ފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓު، މުހައްމަދު ޝަކީލް އާއި ވާދަކުރައްވައި އެމްޑީޕީގެ ކެންޑިޑޭޓް، އަދި ކައުންސިލުގެ މިހާރުގެ ނައިބް ރައީސްގެ މަގާމުގައި ހުންނެވި އަހްމަދު އަފްރާހް ރައީސް ކަމަށް އިންތިހާބުވެވަޑައިގަތީ ވޯޓުލީ މީހުންގެ 55 ޕަސެންޓުގެ ތާއީދާ އެކުގަ އެވެ.
ބ. އަތޮޅު ކައުންސިލްގެ ހުވާކުރުން މިއަދު ހަވީރު އޮންލައިންކޮށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ