އިރާއީގެ ސްކޫލް ޕެކު: ފަސޭހަވެ، ވަގުތު ސަލާމަތްވުމާ އެކު ކޮލިޓީގެ ޔަގީންކަން

ސްކޫލް ބަންދުވާ ދުވަސްވަރާ ދިމާކޮށް މާލޭން ފެންނަ އެއް މަންޒަރަކީ ބުކްޝޮޕްތައް ފުރި ބާރުވެފައި އޮންނަ ތަނެވެ. ސްކޫލް ފެށެން ވާއިރަށް، އާ ގްރޭޑަކަށް ބޭނުންވާނެ ފޮތް ފަންސޫރާއި އެ ނޫން ވެސް އާލާތްތައް ހޯދުމަށް ކުދިން ގޮވައިގެން ބެލެނިވެރިން ގޮސް ތިބޭ ތަނެވެ. ބައެއް ބޮޑެތި، މަޝްހޫރު ބުކްޝޮޕްތައް ފުރިފައި އޮންނަ ވަރުން ކޮޅަކަށް ގުޑި ވެސް ނުލެވެ އެވެ.
އެއާ އެކީ ފެންނަ އަނެއް މަންޒަރަކީ ބުކްޝޮޕްތަކުން ނުކުންނަ މީހުންގެ އަތުގައި އޮންނަ ބޮޑެތި ކޮތަޅުތަކެވެ. އެކި ވަރުވަރުގެ ކޮތަޅުތައް ހިފައިގެން ބެލެނިވެރިން ނުކުންނައިރު، އެ އެއްޗެހި ނުއުފުލިގެން އުޅެންޖެހޭ ފަހަރު ވެސް ދެ އެވެ. ކޮތަޅުތަކުގެ ތެރޭގައި އެކި ވަރުވަރުގެ އެއްޗެހި، އެކި ގޮތްގޮތަށް އަޅާފައި ހުރުމުގެ ސަބަބުން އުފުލަން އުނދަގޫ ވާއިރު، ބައެއް ފަހަރު ފޮތް އެއްޗެހީގެ ކަން ޖެހިގެން ކޮތަޅު ފަޅައިގެން ގޮސް، މަގުމައްޗަށް ހުރިހާ އެއްޗެއް ވެރޭ ފަހަރު ވެސް ދެ އެވެ. އެ ހިސާބުން، ސްކޫލް ފެށުމުގެ ކުރިން، އާ އެއްޗެހި ބާވެގެން ދިޔައީ އެވެ.
އިރާއީ ބުކްޝޮޕުން މި އަހަރު ތައާރަފްކުރާ "ސްކޫލް ޕެކު" މިއީ އޭގެން އެތައް ކަމަކަށް ހަލެއް ގެނެސްދޭނެ އެއްޗެކެވެ. ގާތްގަނޑަކަށް ލެޕްޓޮޕް ފޮށްޓެއްގެ ސައިޒަށް އަދި އަތުން ފަސޭހަކަމާ އެކު ހިފާލެވޭނެ ފަދަ ގޮތަކަށް އަތްގަނޑަކާ އެކު ތައްޔާރުކޮށްފައިވާ އިރާއީގެ "ސްކޫލް ޕެކު" ވަނީ އެކި ގްރޭޑުތަކަށް ހާއްސަކޮށްފަ އެވެ. އެ ގޮތުން، އެކި ގްރޭޑުތަކުގެ ފޮތް ލިސްޓުގައިވާ ތަކެތި ސްކޫލް ޕެކުގެ ތެރެ އަށް ކުރީ ބައިގައި އެޅުމަށް ފަހު ހުންނަނީ ބަންދުކޮށްފަ އެވެ. މީގެ ސަބަބުން، ކަސްޓަމަރުން ބުކްޝޮޕުގައި މަޑުކުރަން ޖެހޭ ވަގުތު ވަރަށް ބޮޑަށް މަދުވެގެން ދާނެ އެވެ.
އިރާއީން ދޭ ޔަގީން ކަމަކީ ކޮންމެ ސްކޫލު ޕެކެއްގައި ވެސް ހުންނާނީ އޮރިޖިނަލް އެއްޗެހި ކަމެވެ. އަގުހެޔޮކޮށް ފެންވަރު ދަށް އެއްޗެހި ހަދައިގެން ގެނެސް، ވިއްކުމުން ވަރަށް ބޮޑެތި މައްސަލަތަކާ ކުރިމަތިލާން ޖެހެ އެވެ. ފޮތުގެ ގަނޑު ފަސޭހަ އިން ނެއްޓުމާއި ފަންސޫރު، ގަލަން އަދި ދަރިވަރުން ބޭނުންކުރާ އެހެން ވެސް ސްޓޭޝަނަރީޒްގެ ވައްތަރުތައް އަވަހަށް ހަލާކުވުން ފަދަ އެތައް ކަމެއް ދިމާވެ، ބެލެނިވެރިންގެ އަތުން ދާ ހަރަދު ދެ ގުނަ ބޮޑުވެ އެވެ. އިރާއީގެ ސްކޫލު ޕެކު ގަންނަ ފަރާތްތަކަށް ލިބޭ ޔަގީން ކަމަކީ އެ މައްސަލަ ކުރިމަތި ނުވުމެވެ.
ސްކޫލު ޕެކު މި ފަހަރު ފަރުމާކޮށްފައިވަނީ ވީހާ ވެސް ބޮޑަކަށް ތިމާވެށްޓާ ރަށްޓެހި ގޮތަކަށެވެ. އެ ގޮތުން، މުޅި ފޮށި ތައްޔާރުކޮށްފައި ވަނީ ތިމާވެށްޓާ ރަށްޓެހި ބޯކަރުދާހުންނެވެ. ސްކޫލު ޕެކު މިދިޔަ އަހަރު ވެސް ކޮންމެވެސް ވަރަކަށް ބޭނުންކުރި ނަމަވެސް، އެ ފޮށީގައި އަތްގަނޑެއް ހަރުކޮށްފައި ނެތުމުގެ ސަބަބުން، ކަސްޓަމަރާ ހަވާލުކުރަން ޖެހެނީ ޕްލާސްޓިކު ކޮތަޅަކަށް ލައިފަ އެވެ. މިފަހަރު ކޮތަޅަކަށް ލާކަށް ނުޖެހެ އެވެ. އެހެންކަމުން، މުޅި ޕެކު މިފަހަރު ތިމާވެށްޓާ ރަށްޓެހިވާނެ އެވެ. އެހެންކަމުން، އިރާއީ ސްކޫލު ޕެކަކީ މުޅިން ވެސް އޮރިޖިނަލް ތަކެތި ހިމެނޭ ހުރިހާ ގޮތަކުން ވެސް އެންމެ ފުރިހަމަ ސްކޫލް ޕެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ