ފެންކުންފުނީގެ އެމްޑީ އުމަރު، މަގާމުން ވަކިކޮށްފި

ދިވެހި ސަރުކާރާއި ރައްޔިތުން ހިއްސާވާ ފެން ކުންފުނި ، އެމްޑަބްލިއު އެސް ސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އުމަރު އޭނާގެ މަގާމުން މިއަދު ވަކިކޮށްފި އެވެ.
މައުލުމާތު ލިބިފައިވާގޮތުން އުމަރު އެ މަގާމުން ވަކި ކުރަން ޕްރައިވެޓައިޒޭޝަން ބޯޑަށް ހުށަހެޅީ ސަރުކާރުންނެވެ.
ޕްރައިވެޓައިޒޭޝަން ބޯޑުގެ ފަރާތުން އެކަން ބައެއް މީޑިއާތަކަށް ކަށަވަރު ކޮށްދީފައިވީނަމަވެސް އެކަމުގެ އިތުރު ތަފްސީލް ދީފައެއް ނުވެއެވެ.
އަހުމަދު އުމަރު އެ މަގާމަށް އައްޔަންކޮށްފައިވަނީ މިހާރު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ