މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)އިން މާދަމާރޭ ބާއްވާ ޖަލްސާ އޮންނާނީ އެމްޑީޕީގެ ހަރުގެ ހުންނަ ސަރަހައްދުގައި ކަމަށް އެއިއްތިހާދުން ބުނެފި އެވެ.
އެމްޔޫއޯއިން ފުރަތަމަ މިޖަލްސާ ބާއްވަން ނިންމީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކާނިވަލް ސަރަހައްދުގަ އެވެ. ނަމަވެސް އެ ސަރަހައްދުގައި ޖަލްސާ ބާއްވަން ދިން ހުއްދަ ސަރުކާރުން އަނބުރާ ގެންދިއުމުންނާއި މޫސުން ގޯސްވުމުން އެރޭގެ ޖަލްސާ ވަނީ ފަހު ވަގުތު ކެންސަލްކޮށްފަ އެވެ.
އެމްޑީޕީ އޮފީގުހައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު އިއްތިހާދުގައި ހިމެނޭ އަދާލަތު ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރު ވިދާޅުވީ ޖަލްސާ ބޭއްވުމަށް ތަފާތު ތަންތަން ހޯދުމަށް އެދިފައިވީ ނަމަވެސް ސަރުކާރުން އެއްވެސް އިޖާބައެއް ދީފައިވާ ނުވާ ކަމަށެވެ. އެހެންކަމުން މިހާރު އެމްޑީޕީގެ ހަރުގެ ހުންނަ ސަރަހައްދުގައި އިއްތިހާދުގެ ޖަލްސާ ބާއްވަން ނިންމާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
މިޖަލްސާ ބޭއްވުމަށް ފުލުހުންގެ ވެސް ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އަލީ ޒާހިރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ވާދަވެރި ސިޔާސީ ފަރާތްތަކުން ހަރަކާތްތައް ހިންގުމަށް ޖާގަ ދިނުމަކީ ގާނޫނު އަސާސީން ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް ލާޒިމް ކުރާކަމެއް ކަމަށެވެ. ސިޔާސީ އެއްވެސް ހަރަކާތެއް މިހާރު ކުރިއަށް ގެންދަން ފުރުސަތު ނުލިބޭކަން ފާހަގަކުރައްވާ އަލީ ޒާހިރު ވިދާޅުވީ އެ ހައްގު ހޯދުމަށް ހުރިހާ ފަރާތްތަކަކުން ވެސް ކެރިގެން ނިކުންނަން ޖެހޭ ކަމަށެވެ.
އިއްތިހާދުގެ ޖަލްސާ އޮންނާނީ އެމްޑީޕީ ހަރުގެ ކުރިމަތީގައި: އިއްތިހާދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ