ހުށަހަޅާ ދުވަހު ކުށުގެ ރެކޯޑް ސާފުކޮށްދޭ ގޮތަށް ކްރިމިނަލް ކޯޓުން ހަމަޖައްސައިފި

ކުށުގެ ރެކޯޑު ސާފުކުރަން ހުށަހަޅާ ދުވަހު އެ މައުލޫމާތު ސާފު ކޮށްދެވޭ ގޮތަށް ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.
މިބަދަލު ގެނައުމަށްޓަކައި ކްރިމިނަލް ކޯޓުން ވަނީ ޖަސްޓިސް ބިލްޑިންގެ އެންމެ ތިރީގައި އިތުރު ކައުންޓަރުތަކެއް ގާއިމްކޮށް މި ހިދުމަތް ރޭގައި ތައާރަފްކޮށްފަ އެވެ.
ކްރިމިނަލް ކޯޓުން ބުނީ ކުށުގެ ރެކޯޑު ސާފު ކުރުމުގެ ހިދުމަތާއި އެކު ކްރިމިނަލް ކޯޓުން ފޯރުކޮށްދޭ އެހެން ޚިދުމަތްތަކުގެ މައުލޫމާތު ވެސް މިހާރު ފަސޭހައިން ލިބިގެންދާނެ ކަމަށެވެ.
ޖަސްޓިސް ބިލްޑިންގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ކައުންޓަރުތައް ހުޅުވައިދެއްވީ ސިވިލް ކޯޓު ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ގާޒީ އަބްދުﷲ އަލީ އާއި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދެވެ.
މީގެ ކުރިން ކްރިމިނަލް ކޯޓުން ކުށުގެ ރެކޯޑް ސާފުކޮށްދިނުމަށް ދެ ދުވަސް ހޭދަކުރެ އެވެ.
އަލަށް މި ގެނެވުނު ބަދަލާއި ގުޅިގެން ކުށުގެ ރެކޯޑް ސާފުކުރަން ފޯމް ހުށަހަޅަންޖެހެނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 8:30 އިން 11:30 އަށެވެ. ކުށުގެ ރެކޯޑު ފޯމުތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ދުވަސްތަކުގައި މެންދުރު 1:00 އިން 2:30 އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ