މައުމޫން ފައުންޑޭޝަނުން 28 ސްކޮލާޝިޕަށް ފުރުސަތު ހުޅުވާލައިފި އެވެ.
ިދިވެހި ޒުވާނުންނަށް މަތީ ތައުލީމުގެ އިތުރު ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން، މައުމޫން ފައުންޑޭޝަންގެ ފަރާތުން ހުޅުވާލި މި ސްކޮލާޝިޕްގެ ފުރުސަތުތަކަކީ އެ ފައުންޑޭޝަންގެ ފަރާތުން ހުޅުވާލާ ޕާޓް-ފަންޑަޑް ސްކޮލާޝިޕްތަކެކެވެ،
ިއެ ފައުންޑޭޝަންގެ ފަރާތުން ހުޅުވާލާ ސްކޮލާޝިޕްގެ 28 ފުރުސަތަކީ އިންޑިޔާގެ ބެންގަލޫރުގެ ގާޑަން ސިޓީ ކޮލެޖްގައި ތަފާތު ހަތް ދާއިރާއަކުން ބެޗެލާސް ޑިގްރީ ހާސިލްކުރުމުގެ ފުރުސަތު ކަމަށް މައުމޫން ފައުންޑޭޝަނުން ބުނު އެވެ.
އެގޮތުން ހުޅުވާލާފައިވަނީ ބެޗެލާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބެޗެލާ އޮފް ކޮމާސް، ޓޫރިޒަމް، ހިސްޓްރީ، ޖާނަލިޒަމް، ބެޗްލާ އޮފް ކޮމްޕިއުޓަރ އެޕްލިކޭޝަން، ސައިކޮލޮޖީ، އިންގްލިޝް، ފެޝަން އެންޑް އެޕޭރަލް ޑިޒައިންގެ އިތުރުން ބަޔޯޓެކްނޮލޮޖީ ބަޔޯކެމިސްޓްރީ ޖެނެޓިކްސް ދާއިރާއިން ބެޗެލާސް ޑިގްރީ ހާސިލްކުރުމުގެ ފުރުސަތެވެ.
ތިން އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯސްތަކުން ކޮންމެ ކޯހަކަށް ހަތަރު ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
މިކޯސްތަކަށް ޝައުގުވެރިވާ 28 އަހަރުން ދަށުގެ ފަރާތްތަކުން 16 ޖުލައި 2015 ގެ 1:00 ގެ ކުރިން މައުމޫން ފައުންޑޭޝަންގެ އިދާރީ އޮފީހަށް ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނެ ކަމަށް އެ ފައުންޑޭޝަނުން ބުނެ އެވެ.
މައުމޫން ފައުންޑޭޝަނުން 28 ސްކޮލާޝިޕަށް ފުރުސަތު ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ