އިސްރާއީލުން ޣައްޒާ އަށް ދިން ހަމަލާއެއްގައި ފަލަސްތީނުގެ ޣައްޒާގެ ގޮނޑުދޮށުގައި ކުޅެން ތިބި 4 ކުއްޖަކު ޝަހީދުވެއްޖެ އެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު އަޝްރަފް އަލް ޚިދްރާ ވިދާޅުވީ މި ހަމަލާގައި ޝަހީދުވެފައިވަނީ 18 އަހަރުން ދަށުގެ ކުދިން ކަމަށާއި މި ހަމަލާގައި އިތުރު 3 ކުއްޖަކަށް ވެސް އަނިޔާވި ކަމަށެވެ. މި ހަމަލާ އަމާޒުވީ މި ކުދިން ގޮނޑޮދޮށުގެ ފުޓްބޯޅަ ކުޅެން ތިއްބާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ހަމަލާގައި ޝަހީދުވި ކުއްޖެއްގެ ބައްޕަ ބުނީ ނޫހުގައި ކުދިންތަކަކަށް އަނިޔާވެގެން އުޅޭ ވާހަކަ އޮތުމުން ވަގުތުން ދިޔައީ އެ ކުދިން ކުޅެން ތިބި ގޮނޑުދޮށް ކައިރިއަށް ކަމަށާއި އެތަނަށް ދިޔައިރު އެ ކުދިން އެ ތަނުގައި ނެތް ކަމަށެވެ. އެހެންވެ ދެން ދިޔައީ ހޮސްޕިޓަލަށް ކަމަށާއި އެތަނުން އޭނާގެ ދަރިފުޅާއި އެހެން ކުދިންތަށް ވެސް ޝަހީދުވެފައި ތިއްބާ ފެނުނު ކަމަށެވެ.
"އެއީ އަހަރެންގެ ހަމައެކަނި ދަރިފުޅު. އެ ހުރިހާ ކުދިން ވެސް ޝަހީދުވީ އެކުއެކީގަ" މި ހަމަލާގައި ޝަހީދުވި ކުއްޖެއްގެ ބައްޕަ ބުންނެވެ.
މިމައްސަލައާއި ގުޅިގެން އިސްރާއީލް އަސްކަރިއްޔާގެ ތަރުޖަމާން ވިދާޅުވީ "އެއްވެސް ކޮމެންޓެއް ކުރާކަން ބޭނުމެއް ނޫން" ކަމަށެވެ.
އިސްރާއީލުން ފަލަސްތީނަށް ދެމުންގެންދާ އުދުވާނީ ހަމަލާގައި މިހާތަނަށް 221 މީހަކު ޝަހީދުކޮށްލާފައިވާއިރު މި ހަމަލާތަކުގައި 1638 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާ ވަނީ ލިބިފައެވ
އިސްރާއީލުން ޣައްޒާގެ އަތިރިމަތީގައި ކުޅެން ތިބި ހަތަރު ކުދިން ޝަހީދު ކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ