ރޭޕިސްޓުން ޖަލަށްލުމަކީ ހައްލެއް ނޫން، މަރުގެ އަދަބު ތަންފީޒުކުރޭ: އުމަރު

ގއ.ކަނޑުހުޅުދޫގައި ކުޑަ އަންހެން ކުއްޖަކު ރޭޕްކުރި މީހުން ޖަލަށްލުމަކީ ހައްލެއް ނޫން ކަމަށާއި ހައްލަކީ އެމީހުންގެ މައްޗަށް މަރުގެ އަދަބު ތަންފީޒު ކުރުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.އެ ކުއްޖާ ރޭޕްކުރި ކަމަށް ތުހުމަތު ކުރެވިފައިވަނީ އެ ކުއްޖާގެ މުނިކާފަ އަދި ކާފަ އަށެވެ. މި އެންމެން ވެސް އިއްޔެ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.މި މައްސަލައާ ގުޅިގެން ބައެއް ފަރާތްތަކުން ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފްގެ އިސްތިއުފާ އަށް ވެސް ގޮވާލަމުންދާއިރު އުމަރު ވިދާޅުވީ މިއީ މިނިސްޓަރު އިސްތިއުފާ ދެއްވައިގެން އަދި ހައްލުވާނެ ކަމެއް ނޫން ކަމަށެވެ.އަދި ހައްލަކީ ކުށްކުރި މީހުން ޖަލަށް ލުމެއް ވެސް ނޫން ކަމަށާއި މައްސަލަ ހައްލު ކުރެވޭނީ އިސްލާމީ ޝަރީއަތުގައި ހިފައިގެން ކުށްކުރި މީހުންގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކޮށްގެން ކަމަށްވެސް އުމަރު ވިދާޅުވިއެވެ. އެއީ އެންމެންނަށް އިބުރަތަކަށްޓަކާ ކުރަންޖެހޭ ކަމެއް ކަމަށް އުމަރު ވިދާޅުވިއެވެ.ޖިންސީ ގޯނާގެ ޝިކާއަރަކަށްވި އެ އަންހެން ކުއްޖާ މިހާރު ވަނީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި މި މައްސަލަ ފުލުހުންނާއި ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ޖެންޑާ މިނިސްޓްރީން ބުނެއެވެ.މި މައްސަލަ މީޑިޔާތަކުގައި ރިޕޯޓު ކުރުމާއެކު އާންމުން އަންނަނީ އެކަން ކުރި ފަރާތްތަކަށް އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވާލަމުންނެވެ.
މިލިޔުން ކިޔާލުމުން
100 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ