އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކާ މައުމޫން ބައްދަލުކުރައްވައިފި

މިދިޔަ ސެޕްޓެމްބަރު މަހު ކެމިކަލް ގުދަންތަކެއްގައި ރޯވެގެން މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ބައެއް ފަރާތްތަކާ ކުރީގެ ރައީސް އަދި އެމްއާރުއެމްގެ އިންތިގާލީ ރައީސް، ރައީށް މައުމޫން އަބްދުލް ޤައްޔޫމް ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމަށްފަހު ކުރެއްވި ޓުވީޓެއްގައި މައުމޫން ވިދާޅުވީ މިހާތަނަށް ސަރުކާރުންގެ އިދާރާތަކުން އެ އާއިލާތަކަށް ފޯރުކޮށްދީފައިވާ އެހީތައް އެ އާއިލާތަކުން ބަލައިގަންނަ ކަމަށާއި ނަމަވެސް އަދިވެސް ބޮޑެތި ކަންބޮޑުވުންތައް އެބަހުރިކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް މައުމޫން ނުދެއްވައެވެ. ސެޕްޓެމްބަރު މަހު ހިނގި އަލިފާނުގެ ހާދިސާގައި 400 އަށްވުރެ ގިނަ މީހުން ހާލުގައި ޖެހުނެވެ. މިއީ މާލޭގައި ފަހުގެ ތާރީހެއްގައި ހިނގި މިފަދަ އެންމެ ބޮޑު އަލިފާނުގެ ހާދިސާއެވެ. އޭގެ ފަހުން މާލެގައި ހުރި ކެމިކަލް ގުދަންތައް ތިލަފުއްޓަށް ވަނީ ބަދަލުކުރެވިފައެވެ.
މިލިޔުން ކިޔާލުމުން
33 %
އުފާވި
0 %
ދެރަވި
67 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އިންސާނާ
ޟިހުރިހާ ދުވަސްވީއިރު އަލިފާނުގެ ހާދިސާގަ ގެއްލުންލިބުނު ފަރާއްތަކާ ބައްދަލުނުކޮށް ތެޅިފޮޅިގަނެގެން އެމީހުންމަތިން ހަނދާނވީ އިންތިހާބެއް ބޯމަތިވީމާ ސާބަހޭ ގޮޅާބޯ
REPLY
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ