ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދު ހަވީރު 4:00ގައި

ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއް މިއަދު ހަވީރު 4:00ގައި ބޭއްވުމަށް ނިންމައި މަޖިލީހުގެ ރިޔާސަތުން މެމްބަރުންނަށް އެކަން އަންގައިފިިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މެމްބަރުންނަށް ފޮނުވާފައިވާ މެސެޖުގައި ބުނެފައި ވަނީ، މިއަދު ހަވީރު 4:00ގައި ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ދައުރުގެ 2 ވަނަ ޖަލްސާ ބޭއްވުމަށް ހަމަޖައްސައި އެކަން މެމްބަރުންނަށް ދެންނެވުމަށް މަޖިލީހުގެ ރައީސް އަންގަވާފައިވާ ކަމަށެވެ.
އަދި ޖަލްސާގެ އެޖެންޑާ ހާމަ ކުރެއްވުމަށްފަހު އަންގަވާނެ ކަމުގައިވެސް އެމެސެޖުގައި ވަނީ ބުނެފައެވެ.
ގިނަ ދުވަސްތަކެއް ވާންދެން މަޖިލީހުގެ ޖަލްސާއެއް ނުބޭއްވި ދިޔުމަށްފަހު، 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވާފައި ވަނީ މިއަދު ހެނދުނުއެވެ. އަދި އެޖަލްސާއަށް މުހިއްމު ގިނަ ކަންތައްތަކެއް ހުށައަޅާފައި ވާއިރު، 13:30 ގައި ވޯޓު ނެގުމަށްފަހު، 13:57ގައި މަޖިލީހުގެ ޖަލްސާ ނިންމަވާ ލެއްވިކަން ރިޔާސަތުން އިއުލާނު ކުރި އިރު 2 ވަނަ ޖަލްސާ ބާއްވާނެ ވަގުތެއް އިއުލާނެއް ނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ