އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު ފާސްވެގެން އަންނައިރު، ނުޙައްޤުން ޖޫރިމަނާ ކޮށްފައިވާ ސްޓޭޝަންތަކަށް އެ ފައިސާ އަނބުރާ ލިބޭގޮތަށް ޤާނޫނު ފާސްކުރުން މުހިންމުކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
މަހުލޫފް މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
Aburu rahkaatheri kurumuge qaanoonu faasvegen anna iru, nuhaqqun joorimanaa kohfaivaa station thakah efaisaa anburaa libeygothah faaskurun muhimmu kamugai dheken.
— Ahmed Mahloof (@AhmedMahloof) October 27, 2018
މަހުލޫފް މިހެން ވިދާޅުވިއިރު، އަބުރުގެ ޤާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހުށަހަޅާފަ އެވެ.
ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އެއްކޮށް ނައްތާލެވޭ ގޮތަށް ޕީޕީއެމްއިން ތައްޔާރުކޮށްފައިވާ ބިލް މަޖިލީހުން ފާސްކުރީ 2016 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 9 ވަނަ ދުވަހުއެވެ. އަދި 11 އޮގަސްޓުގައި ރައީސް އަބްދުﷲ ޔާމީން ވަނީ މިޤާނޫނު ތަސްދީޤު ކުރައްވާފައެވެ.
އަބުރުގެ ޤާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާއިރު، މި ޤާނޫނުގެ ދަށުން ރާއްޖޭގެ ބައެއް ޓީވީ ސްޓޭޝަންތައް ވަނީ އެތައް ފަހަރެއްގެ މަތިން ޖޫރިމަނާކޮށްފަ އެވެ.
އެގޮތުން ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އިން ވަނީ ރާއްޖެ ޓީވީ، ހަތަރު ފަހަރެއްގެ މަތިން ބޮޑު އަދަދުތަކުން ޖޫރިމަނާކޮށްފަ އެވެ. އެންމެ ފަހުން އެ ސްޓޭޝަން ޖޫރިމަނާކޮށްފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައެވެ. އެ ފަހަރު ރާއްޖެ ޓީވީ ޖޫރިމަނާކޮށްފައި ވަނީ ޖުމްލަ 2 މިލިއަން ދިވެހި ރުފިޔާއިންނެވެ. އަދި ރާއްޖެ ޓީވީ އިން ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ދެވަނަ ހަފްތާގެ ތެރޭގައި އެ ފައިސާ ބްރޯޑްކޮމް އަށް ދައްކާ ޚަލާސްކޮށްފަ އެވެ.
މީގެ އިތުރުން ރައީސް އަބްދުﷲ ޔާމީންގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް ކޮންޓެންޓް ގެނެސްދިން ކަމަށް ބުނެ "ސަންގު ޓީވީ" ވެސް ވަނީ މިދިޔަ މާޗު މަހުގެ ތެރޭގައި 100،000 ރުފިޔާ އިން ޖޫރިމަނާކޮށްފަ އެވެ.
ނުޙައްޤުން ޖޫރިމަނާ ކޮށްފައިވާ ސްޓޭޝަންތަކަށް އެ ފައިސާ އަނބުރާ ލިބެންޖެހޭ: މަހުލޫފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ