ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން މިއަދު އަބްދުﷲ މަސީހު އިސްތިއުފާ ދެއްވުމާއި ގުޅިގެން އާ ރައީސަކު ހޮވުމަށް ބޭއްވި ޖަލްސާގައި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާ ވާދަކޮށް، މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވޯޓު ކާމިޔާބުކޮށް އާ ރައީސްގެ މަގާމަށް އިންތިޚާބު ވެއްޖެއެވެ.
މިރޭ ނެގި ވޯޓުގައި ގާސިމް އިބްރާޙިމް ވަނީ ވޯޓު ލެއްވި 80 މެމްބަރުންގެ ތެރެއިން 62 މެމްބަރުންގެ ވޯޓު ހޯއްދަވާފައެވެ. ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އަށް ލިބިފައިވަނީ އެންމެ 16 ވޯޓެވެ. ބާތިލު ދެ ވޯޓު ހިމެނިފައިވާއިރު މިރޭ ނެގި ވޯޓުން ޕީޕީއެމްގެ ނައިބު ރައީސަށް މަޖިލީހުގައި ތިއްބެވި ޕީޕީއެމް ބައެއް މެމްބަރުން ވެސް ވޯޓު ނުދެއްވާ ކަން ހާމަވެގެން ގޮސްފައިވެއެވެ.
މެމްބަރު އަބްދުއްރަހީމް ވަނީ އެމަނިކުފާނު މަޖިލީހުގެ ރައީސް ކަމަށް އިންތިޚާބުކޮށްފި ނަމަ މެމްބަރުންގެ މުސާރަ 150،000 ރުފިޔާއަށް ހައްދަވާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް ކަމަށް ހޮވުނު ގާސިމް އިބްރާހިމްގެ ފަރާތުން އެފަދަ އެއްވެސް ވައުދެއް މެމްބަރުންނަށް ވެފައިނުވާކަން ފާހަގަކޮށްލެވެއެވެ.
މަޖިލީހުގެ ރައީސްގެ މަގާމަށް ގާސިމް އިންތިޚާބުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ