މިމަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ ބޮޑުތަނުން އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބު ކުރައްވައިފި ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން އެކަން އިއުލާނުކޮށްފައިވަނީ މިއަދު، ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނު ކުރަމުންނެވެ.
މިއިންތިހާބުގެ ރ އަތޮޅުގެ ނަތީޖާއަށް ބަލާއިރު ރ އަތޮޅުންވެސް ކުރި ހޯއްދެވީ އިންތިހާބީ ރައީސުލް ޖުމުހޫރިއްޔާ އޮނަރަބަލް އިބްރާހީމް މުހައްމަދު ސޯލިހުއެވެ. މިއިންތިހާބުގައި ރ އަތޮޅުގެ މީހުން ވޯޓުލުމަށް މީހުން ދިރިއުޅޭ 15 ރަށާއި ދެ ރިސޯޓާ މާލެއާއެކު ޖުމުލަ 29 ވޯޓުފޮށި ބަހައްޓާފައިވެއެވެ.
ރ އަތޮޅުގެ މީހުން ދިރިއުޅޭ 15 ރަށާއި 2 ރިސޯޓު އަދި މާލޭގެފޮށީގެ ނަތީޖާއަށް ބަލާއިރު 10 ރަށުން ކުރިހޯއްދެވީ އިންތިހާބީ ރައީސުލް ޖުމުހޫރިއްޔާ އޮނަރަބަލް އިބްރާހީމް މުހައްމަދު ސޯލިހުއެވެ. އެއީ ވާދޫ، ރަސްގެތީމް، އަނގޮޅިތީމު، އުނގޫފާރު، މާކުރަތު، ކިނޮޅަސް، މަޑުއްވަރީ، ކުޑަފުށި އަދި ދިގަލި ރިސޯޓާއި މާލޭގެ ފޮށިތަކުންނެވެ.
އަނެއް 8 ރަށުން ކުރި ހޯއްދެވީ ރައީސް އަބްދުﷲ ޔާމީން އެވެ. އެރަށް ތަކަކީ އަލިފުށި، ހުޅުދުއްފާރު، ދުވާފަރު، ރަސްމާދޫ، އިންނަމާދޫ، އިނގުރައިދޫ، ފައިނު އަދި މީދޫއެވެ.
ދާއިރާ ކަތަށްބަލާއިރު އަލިފުށި، އުނގޫފާރު، އިނގުރައިދޫ އަދި މަޑުއްވަރީ ދާއިރާއިން ކުރިހޯދީ އިންތިހާބީ ރައީސުލް ޖުމުހޫރިއްޔާ އޮނަރަބަލް އިބްރާހީމް މުހައްމަދު ސޯލިހުއެވެ. ރައީސް އަބްދުﷲ ޔާމީން އަށް ކުރި ލިބިފައިވަނީ ދުވާފަރު ދާއިރާއިން އެކަންޏެވެ.
އިލެކްޝަނުން އިއުލާން ކުރި ދާއިމީ ނަތީޖާގައިވާ ގޮތުން ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ 96052 ވޯޓެވެ. އެއީ 41.60 އިންސައްތައެވެ. އިދިކޮޅު ކެންޑިޑޭޓް އިންތިހާބީ ރައީސުލް ޖުމުހޫރިއްޔާ އޮނަރަބަލް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 134705 ވޯޓެވެ. އެއީ 58.40 އިންސައްތަ ވޯޓެވެ. ސައްހަ ވޯޓުގެ އަދަދަކީ 230،757 އެވެ. ބާތިލް ވޯޓުގެ އަދަދަކީ 3132 ވޯޓެވެ.
+100 ޓެގްރިޔާސީ އިންތިހާބު
ރިޔާސީ އިންތިހާބު 2018 – ރ އަތޮޅުގެ ނަތީޖާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ