ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ގޯސްވާނެ - މެޓްއޮފީސް
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ޤައުުމީ އިދާރާއިން ބުނެފިއެވެ.މެޓް އޮފީހުން ބުނީ މެދުތެރޭގެ ކަނޑުތަށް ގަދަވާނެ އަދި ދެކުނާއި އުތުރުގެ ކަނޑުތަށް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް. ވައިޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން، މެދުތެރޭ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލު ދެމެދުގެ ބާރުމިނުގައި އަދި އެހެންހިސާބުތަކަށް ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެބާރުމިނުގަ އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ.އަދި މި މޫސުމުގައި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށާއި އެންމެހާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ. އަދި ކަނޑުދަތުރުކުރަ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އެދިފައެވެ.ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ތޫފާނަކާއި ގުޅުން ހުރި ވިއްސާރައެއް ނޫން ކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ. ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެފައިވާއިރު، އިއްޔެ އާއި މިއަދުވެސް ވަނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓްވެސް ނެރެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ