ޖޭއެސްސީ މެމްބަރު ކަމުން ރޭނީސް ސަލީމް ވަކިކުރައްވައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ރައީސް އަބްދުﷲ ޔާމީން އަންޔަން ކުރައްވާފައިވާ ގ. ރޭނިސް، އަހުމަދު ސަލީމް އެމަގާމުން ވަކިކުރައްވައިފިއެވެ.
ޖޭއެސްސީއަށް ސަލީމް އަންޔަން ކުރައްވާފައި ވަނީ މިއަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހު އެވެ. ޖޭއެސްސީގެ މެމްބަރު ކަމުން ސަލީމް ވަކިކުރައްވާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު މިދިޔަ މަހު 22 ވަނަ ދުވަހުއެވެ.
ސަލީމް ޖޭއެސްސީގެ މެންބަރު ކަމުން ވަކިކުރެއްވި އިރު ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވަނީ ތިން ބޭފުޅަކު ޢައްޔަން ކުރައްވާފައެވެ. ނަމަވެސް ރޭނިސް ސަލީމްގެ ބަދަލުގައި އަދި ބޭފުޅަކު އައްޔަން ކުރައްވާފައެއް ނުވެއެވެ.
ޖޭއެސްސީގެ މެމްބަރުކަމަށް އައްޔަން ކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމާއި ބަންޑާރަ ނައިބު އިބްރާހިމް ރަފްއަތުގެ އިތުރުން ޖޭއެސްސީއަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ކަނޑައަޅުއްވާފައިވާ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނެވެ.
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ވެރިކަމުގައި ސަލީމް ޖޭއެސްސީގެ މެމްބަރުކަމުން ވަކިކުރެއްވީ ގޭންގެ މާރާމާރީތަކެއްގައި އޭނާގެ އަތެއްވާ ކަމަށް ތުހުމަތު ކުރެވި ފުލުހުން އެމައްސަލަ ބަލަން ފެށުމުންނެވެ.
އޭރު ސަލީމް ޖޭއެސްސީ އިން ވަކިކުރެއްވި އިރު އޭނާ ހައްޔަރުކުރުމުގެ ކޯޓު އަމުރެއް ހޯދުމަށް ކްރިމިނަލް ކޯޓުގައި ފުލުހުން ވަނީ ކުރިން އެދިފަ އެވެ. ނަމަވެސް އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް އެކޯޓުން ވަނީ ބުނެފަ އެވެ. އެއަށްފަހު ހައިކޯޓުގައި ފުލުހުން އިސްތިއުނާފު ކުރުމުން އެ ކޯޓުން ވެސް ވަނީ ކްރިމިނަލްގެ ކޯޓުގެ އަމުރަށް ތާއީދުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ