އައްޑޫ ސިޓީގެ ގުޅިފައިވާ އަވަށްތަކުގެ ދާދިފަހުން ކަރަންޓު ކެނޑެން ދިމާވި މައްސަލަ ހައްލުކުރެވިފައިވޭތޯ އޮޅުންފިލުވުމަށް "އައްޑޫލައިވް" އިން ގުޅުމުން ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލައްމާން ހުތުރު ބަހުން މުއާމަލާތް ކޮށްފިއެވެ.
މިއަދު ފެނަކަ އެމްޑީ ލައްމާން އަށް 'އައްޑޫލައިވް' އިން ގުޅީ 23 ވަނަ ދުވަހު ސެންޓްރަލް ޕަވާ ހައުސްގެ އިންޖީނަކަށް މައްސަލަތަކެއް ދިމާވެފައިވާ ކަމަށް ސޯޝަލް މީޑިޔާގައި ބައެއް ފަރާތްތަކުން ބުނަމުންދާތީ އެކަމާއި ބެހޭގޮތުން ފެނަކައިގެ ބަހެއް ހޯދުމަށެވެ.
އެހެން ނަމަވެސް ސުވާލަށް ޖަވާބު ދެއްވުމުގެ ބަދަލުގައި ރުޅި އިސްކުރައްވައި ލައްމާން ވަނީ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި އިބޫ ސޯލިހަށް ގުޅައިގެން މައުލޫމާތު ހޯދުމަށް ވިދާޅުވެފައެވެ.
"ބުނަންތަ ވާހަކައެއް. ކަލޭ އިބްރާހިމް މުހައްމަދު ސޯލިހަށް ގުޅައިގެން ތި މައުލޫމާތު ހޯދާ." ފެނަކަ އެމްޑީ ވަނީ މިހެން ވިދާޅުވުމަށް ފަހު ފޯނު ކަނޑާލައްވާފައެވެ.
ލައްމާން މިފަދަ ގޮތަކަށް ކަންތައް ކުރެއްވި އިރު އައްޑޫގެ ކަރަންޓުގެ މައްސަލައިގައި މައުލޫމާތު ހޯދުމަށް ގުޅާ ކޮންމެ ފަހަރަކު ފެނަކައިގެ އިސްވެރިން ރުޅި އިސްކުރައްވައެވެ.
އެހެން ނަމަވެސް ފެނަކަ އެމްޑީއަކަށް އީސީގެ މިހާރުގެ ރައީސް ޝަރީފް ހުންނެވި އިރު ކަރަންޓުގެ މައްސަލަ އާއި ބެހޭގޮތުން މައުލޫމާތު ހިއްސާކުރެއެވެ.
ލައްމާން ފެނަކައިގެ އެމްޑީއަކަށް ހުންނަވައި ރިޔާސީ އިންތިހާބުގެ ކެމްޕެއިން އަށް ފެނަކައިގެ ވަސީލަތްތައް ބޭނުންކުރުމުގެ އިތުރުން މުވައްޒަފުންނަށް މަޖުބޫރުކޮށްގެން ކެމްޕެއިން އަށް ވަނީ ނެރެފައެވެ.
އަދި މީގެ އިތުރުން މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގަތުލުކުރުމަށް ގޮވާލައި ލައްމާން ކުރެއްވި ޓްވީޓެއްގެ މައްސަލަ ވެސް ވަނީ ފެންމަތިވެފައެވެ. އެހެން ނަމަވެސް ލައްމާން ވަނީ އެއީ އޭނާ ކުރެއްވި ޓްވީޓެއް ނޫން ކަމަށް ވިދާޅުވެފައެވެ.
ކަރަންޓުގެ މައްސަލައިގައި ލައްމާންގެ ބަސް: "މައުލޫމާތު ހޯދަން ކަލޭ ގުޅާ އިބޫ އަށް"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ