ރައީސް މައުމޫން އަބްދުލް ގައްޔޫމު އެމަނިކުފާނުގެ ދިފާއުގައި މަސައްކަތް ކޮށްދެއްވި ވަކީލުންނަށް ޝުކުރު ދަންނަވައިފިއެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަކީލުން އެމަނިކުފާނުގެ ދިފާއުގައި ކުރެއްވި ހައިރާން ކުރަނިވި މަސައްކަތަށް ޝުކުރު އަދާ ކުރުމަށް އެކަށިގެންވާ ބަހެއް ފެނިވަޑައިނުގެންނެވި ކަމަށެވެ. އިނގިރޭސީން ރައީސް މައުމޫން އެހެން ވިދާޅުވެފައިވާ އިރު، އެގޮތަށް ބުނެ އުޅެނީ ޝުކުރުވެރިވާލެއް ބޮޑުކަން ހާމަ ކުރުމަށެވެ. I can’t find appropriate words to thank you for all the amazing efforts you had made in my defence that had led to today’s famous victory. @maanhameed @cappi5 @HuShameem @Lawyer_Waddey @IbrahimShameel @latheefaliabdul @MahfuzSayd @MoosesSiraj @AleeVoice @DheenaHussain— Maumoon Abdul Gayoom (@maumoonagayoom) October 18, 2018
ރައީސް މައުމޫންގެ ލިސްޓުގައި ވަކީލު މައުމޫން ހަމީދާއި، މުހައްމަދު ފައިސަލްއާއި، ހުސައިން ޝަމީމާއި، މުހައްމަދު ވަހީދާއި، އިބްރާހީމް ޝަމީލާއި، އަލީ އަބްދުއްލަތީފާއި، މަހުފޫޒު ސައިދާއި، މޫސާ ސިރާޖާއި، އަލީ ހުސަައިނާއި، ދީނާ ހުސައިން ހިމަނުއްވާފައިވެއެވެ.
މައުމޫން ވަކީލުންނަށް: ޝުކުރު ދެންނެވުމަށް އެކަށޭނެ ބަހެއް ނުފެނުނު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ