ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް އިންތިޚާބީ ރައީސް އިބްރާޙިމް މުޙައްމަދު ސޯލިޙް ގެ ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫނު އަބުދުލް ޤައްޔޫމު ވިދާޅުވެއްޖެ އެވެ.
ތިނެއް ނޮވެމްބަރު 1988 ގައި ރާއްޖެއަށްދިން ޢުދުވާނީ ހަމަލާއިން ކާމިޔާބު ލިބުން ފާހަގަކުރާ، “ނަސްރުގެ ދުވަސް” ގެ މުނާސަބަތުގައި ނެރުއްވި ކުރު ބަޔާނެއްގައި ރައީސް މައުމޫނު ވިދާޅުވެފައިވަނީ، ރާއްޖޭގެ މިނިވަންކަމާއި އަމަން އަމާންކަން ކަށަވަރު ކޮށްދެއްވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އާ ސަރުކާރުން އަޅާނެ ކަމަށާއި އެ މަސައްކަތަށް ގުޅިފައިވާ ޕާޓީތަކުގެ އެއްބާރުލުމާއި ތާއީދު ލިބޭނެ ކަމަށެވެ.
އެއުދުވާނުން ރާއްޖެ ސަލާމަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުންނާއި، ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން މުހިއްމު މަސައްކަތްތަކެއް ކުރެއްވި، ރައީސް މައުމޫނު ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، އަމަން އަމާންކަން ރައްޔިތުންނަށް ކަށަވަރު ކޮށްދެއްވުމަށް އާ ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާނެކަން ޔަގީން ކުރައްވާ ކަމަށެވެ.
ރައީސް މައުމޫނުގެ ބަޔާނުގައި 30 އަހަރު ކުރިން 1988 ވަނަ އަަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު، ގައުމުގެ ދިފާއުގައި ދިވެހި ސިފައިން ވެވަޑައިގެން މަތިވެރި ގުރުބާނީ އާއި ކުރެއްވި ޖިނާގެ ހަނދާން އާކޮށް، އެ ހިތްވަރު ގަދަ ގައުމީ ބަތަލުން ސާބިތު ކަމާއެކު ކުރެއްވި މަސައްކަތްތަކަށް އައްސަރިބަހާއި ސާބަސް ރައްދު ކުރައްވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
އެ ދުވަހު ޝަހީދުވި ސިފައިންނާއި އާންމުންނަށް ސުވަރުގެ މިންވަރު ކޮށްދެއްވުމަށް އެދި ދުއާކުރައްވަމުން ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ރައްޔިތުންނަށާއި އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ރައީސް މައުމޫން ދަންނަވާފައި ވެއެވެ.
މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރަން އިބޫ ސަރުކާރުން މުހިއްމު ފިޔަވަޅުތަކެއް އަޅާނެ: މައުމޫނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ