ޕީޕީއެމްގެ އިން ރޭ ފަށާފައިވާ އިހުތިޖާޖާ ގުޅިވަޑައިގެންނެވުމުގެ ދައުވަތު ލިބިވަޑައިގެންފައިވާ ކަމަށާއި އެއީ ވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
"ވަން އޮންލައިން"އަށް މިއަދު ހެނދުނު ދެއްވި އިންޓަވިއުއެއްގައި އުމަރު ނަސީރު ވިދާޅުވީ ޕީޕީއެމްގެ ރައީސް، ރައީސް ޔާމީނާ އޭނާއާ ކުރީން ވެސް އަދި މިހާރު ވެސް ގުޅުން ރަނގަޅު ކަމަށާއި އެކަމަކު ރައީސް ޔާމީންގެ ލީޑާޝިޕުގެ ދަށަށް އޭނާ ވަޑައިނުގަންނަވާނެ ކަމަށެވެ.
"އަހަރެންނާ ޔާމީނާ ގުޅުން ރަނގަޅު. އެކަމަކު ޔާމީންގެ ދަށުން މަސައްކަތް ކުރާން އަހަރެން ނުދާނަން. އަހަރެން ދާނަމަ އެ ހަރަކާތް ލީޑު ކުރުމުގެ އެންމެ އިސް މީހަކަށް ވާން ޖެހޭނީ އަހަރެން. ލީޑާޝިޕު އަހަރެންނަށް ލިބެން ޖެހޭނެ." އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ޕީޕީއެމްއާ ގުޅޭ ނަމަ ލީޑާޝިޕަށް އޭނާއަށް ވާދަ ކުރެއްވޭނެ ފަދަ އިންސާފުވެރި އިންތިޚާބަކަށް ޕާޓީން ޖާގަ ދޭނެ ކަމަށް އެއްބަސްވާން ޖެހޭ ކަމަށާއި އެ ގޮތުން ޕާޓީގެ އަސާސީ ގަވައިދަށް ވެސް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭނެ ކަމަށެވެ.
"ކުރީ ފަހަރު ވެސް އެމީހުން ވޯޓު އޮޅުވައިލީ. ކޮންގްރެސްގައި ވޯޓު އޮޅުވައިލެވޭ ގޮތަށް އޮވެގެން ނުވާނެ. ލީޑަރު ކަނޑައަޅަން ބާއްވާ އިންތިޚާބު މެނޭޖްކުރަން ވާނީ އިންޑިޕެންޑެންޓް ބަޔަކު. ޕާޓީގެ ލީޑަރު ހޮވަން ވާނީ ސީދާ އާންމު މެންބަރުންގެ ވޯޓަކުން. ކޮންގްރެސްއަށް އަންނަ 400 އެއްހާ މީހުންގެ ވޯޓުން އެކަން ނިންމައިލުމަކީ އިންސާފުވެރިގޮތެއް ނޫން." އުމަރު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އިދިކޮޅު އިހުތިޖާޖާ ގުޅިވަޑައިގަންނަވާ ނަމަ މުޅި ޓީމު ރުކުރުވައިލެވެން ވާނީ އޭނާގެ ފަހަތުގައި ކަމަށާއި ކޮމާންޑް ކުރައްވާނީ އޭނާ ކަމަށެވެ. އެ ނޫން ގޮތަކަށް އެކަން ކުރެވެން ނޯންނާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
ޕީޕީއެމްގެ އިހުތިޖާޖުން ފެނިދާނެ، އެކަމަކު ޔާމީންގެ ލީޑާޝިޕުގެ ދަށުން މަސައްކަތެއް ނުކުރާނަން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ