ހުސެއިން ޕީ ގެ ލަނޑާއެކު ކަނޑިތީމު ސެމީއަށް ގެންގޮސްދީފި

ކުޅުދުއްފުށި ޗެމްޕިއަންޝިޕްގައި މިއަދު ކަނޑިތީމު ފުޓްބޯޅަ ޓީމާ ކެތިއަރާ ބައްދަލުކުރި މެޗުގައި ކަނޑިތީމުގެ ހުސެއިން ވާފިރު (ހުސެއިން ޕީ) ޖަހައިދިން ހަމައެކަނި ލަނޑާއެކު އެޓީމުން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.
މިއަދު ހަވީރު ކުޅުދުއްފުށި ޒޯން ސްޓޭޑިއަމްގައި ކުޅެވުނު މިމެޗު ނިމުނީ 1 - 0 ން ކަނޑިތީމު މޮޅުވެގެންނެވެ. މެޗު ފެށިގެން ދެޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ކަނޑިތީމުން މިމެޗުގައި ޖެހި ހަމައެކަނި ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފު ނިމެން އުޅެނިކޮށެވެ.
މެޗުގެ 30 ވަނަ މިނެޓުގައި ކަނޑިތީމުގެ ޝާން ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅަ ހުސެއިން ވާފިރު ވަނީ ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ.
މެޗުގެ ދެވަނަ ހާފަށް ވަރުގަދަކޮށް ނުކުތް ނަމަވެސް ހަނިމާދޫގެ ކެތިއަރާއަށް ލަނޑެއް ކާމިޔާބު ކުރެވޭ ގޮތެއްނުވި އެވެ. ދެވަނަ ހާފުގައި ވެސް ކަނޑިތީމުން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކަނޑިތީމުގެ ހުސެއިން ވާފިރެވެ.
މިއާއެކު ކަނޑިތީމަށް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް މިވަނީ ކަށަވަރުވެފަ އެވެ. އަނެއްކޮޅުން ހަނިމާދޫގެ ކެތިއަރާއަށް މިވަނީ ފުރުސަތު ވަރަށް ބޮޑަށް ހަނިވެ، އަމިއްލަ ބާރު ގެއްލިފަ އެވެ.
މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ މަގުލަސް ކުލަބާއި ހިރަފުސް ސްޕޯޓްސް ކުލަބެވެ. މިމެޗުވެސް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4 ޖަހާއިރު އެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ