މަސްވެރިންގެ ގައުމީ ދަފްތަރުގައި ހިމެނޭ 25 މަސްވެރިއަކަށް ލޯނު ދޫކޮށްފި ފުލެޓު ލިބޭ 1000 އަށްވުރެ ގިނަ މީހުންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފި ބައިނަލްއަގްވާމީ ބޮޑެތި ބާރުތަކުން އިޒްރޭލަށް ދެމުންގެންދާ އެހީތެރިކަން ކުށްވެރިކުރަން: ޑރ.ޝަހީމް ވަޒީފާގެ އިތު

އައްޑޫ ސިޓީ މީދޫ އިން 9 ބިމެއް ކުއްޔަށް ދޫކުރުމަށް ނިންމާ ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ މީދޫ އަވަށުން ބިން ކުއްޔަށް ހިފަން ޝައުޤުވެރިވެލައްވާ ރަޖިސްޓްރީ ކޮށްފައިވާ ފަރުދުންގެ ވިޔަފާރި، ކުންފުނި އަދި ޕާޓްނަރޝިޕްތަކަށް ހުޅުވާލާކަމަށެވެ.
މީދޫ އިން ދޫކުރުމަށް ހަމަޖެހިފައިވަނީ އާންމު ވިޔަފާރިއަށް 3 ބިން، ރީޓެއިލް ފިހާރައަށް 1 ބިން އަދި ހޯލްސޭލް ފިހާރައަށް 1 ބިމެވެ. މީގެ އިތުރުން ރެސްޓޯރެންޓު ހެދުމަށް 1 ބިން، ސާވިސް ސެންޓަރެއް ހެދުމަށް 1 ބިން، ކާޕެންޓްރީއެއް ހެދުމަށް 1 ބިމުގެ އިތުރުން އައްޑޫގެ އުފެއްދުންތައް ވިއްކުމަށް އެއް ބިމެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ މީދޫ އަވަށު އޮފީހުގައި، 16 ސެޕްޓެމްބަރ 2025ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00ގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ