ލަންޑަން (ޖުލައި 11) - ނޮޓިންހަމް ފޮރެސްޓްގެ ކެޕްޓަން، އިނގިރޭސި މިޑްފީލްޑަރު، މޯގަން ގިބްސް-ވައިޓް، 82 މިިލިއަން ޑޮލަރުގެ ޑީލެއްގައި، ޓޮޓެންހަމް ހޮޓްސްޕާސް އަށް ސޮއިކުރަން އެއްބަސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ވުލްވްސް އަށް ކުރިން ކުޅުނު އިނގިރޭސި ގައުމީ ޓީމުގެ މިޑްފީލްޑަރު، ގިބްސް-ވައިޓް، 25، އަށް މެންޗެސްޓާ ސިޓީން ޝައުގުވެރިކަން ފާޅުކުރިއިރު، ތޯމަސް ފްރޭންކް ކޯޗުކޮށްދޭ ޓޮޓެންހަމް އިން މި ވަނީ އެ ޑީލް ނިންމުމާ ގާތަށް ޖެހިލައިފަ އެވެ.
އެ ގޮތުން، ގިބްސް-ވައިޓްއާ އެކު، ފޮރެސްޓުން މި ވަގުތު ހަދާފައި އޮތް އެއްބަސްވުން އުވާލަން ދައްކަން ޖެހޭ ފީއާ އެކު، 82 މިިލިއަން ޑޮލަދު ދޭން ޓޮޓެންހަމް އިން ނިންމީ އެވެ.
ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދައި، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދި، ޓޮޓެންހަމް އިން ވަނީ، ވެސްޓް ހޭމް އަށް ކުޅޭ ގާނާގެ ފޯވާޑް މުހައްމަދު ކުޑޫސް ގަންނަން ވެސް ނިންމައިފަ އެވެ. ކުޑޫސް، ޓޮޓެންހަމާ ގުޅެން ނިންމީ، 75 މިލިއަން ޑޮލަރުގެ ފީ އަކަށެވެ.
މިދިޔަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގެ 34 މެޗުގައި ކުޅެ، ފޮރެސްޓަށް ހަތް ގޯލު ޖަހައިދީ، އަށް ގޯލު ޖަހަން ފުރުސަތު ހޯދައިދިން ގިބްސް-ވައިޓް އަށް އިނގިރޭސިވިލާތް ނޫން ގައުމުތަކުގެ ކްލަބްތަކުން ވެސް އޮފާ ލިބިގެންދިޔަ އެވެ.
ލޯން އެއްބަސްވުމެއްގެ ދަށުން ސްވަންސީ ސިޓީ އާއި ޝެފީލްޑް ޔުނައިޓެޑަށް ވެސް ކުޅުނު ގިބްސް-ވައިޓް ވަނީ އިންގްލެންޑް ގައުމީ ޓީމަށް ހަތަރު މެޗު ކުޅެދީފަ އެވެ.
ޓޮޓެންހަމް އިން 82 މިލިއަން ޑޮލަރަށް ގިބްސް-ވައިޓް ގަންނަން ނިންމައިފި ޓޮޓެންހަމް އިން 82 މިލިއަން ޑޮލަރަށް ގިބްސް-ވައިޓް ގަންނަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ