'މިސްޓަ އިންޑިއާ' ގެނެސްދިން ޑައިރެކްޓަރުގެ ޑްރާމާއެއް އިއުލާނުކޮށްފި
ބޮލީވުޑްގެ މަޝްހޫރު ފިލްމުތައް ކަމަށްވާ "މާސޫމް"، "މިސްޓަ އިންޑިއާ" އަދި "ދިލްސޭ" ފަދަ ރީތި ފިލްމުތަކެއް އުފެއްދި ޝޭކަރު ކަޕޫރު، އާ ޑްރާމާ ސީރީޒްއެއް އުފައްދަން ތައްޔާރުވަމުން އަންނަކަން އިއުލާނުކޮށްފިއެވެ. "މައި ނޭމް އިޒް މެމޮރީ"ގެ ނަމުގައި އުފައްދާ މި ސީރީސްއަކީ 2001ގައި ނެރެނު މަގުބޫލު ވާހަކަ "ދަ ސިސްޓަހުޑް އޮފް ދަ ޓްރެވަލިންގް ޕޭންޓްސް"ގެ މުސައްނިފު އޭން ބްރެޝެއާސް 2010 ވަނަ އަހަރު ލިޔުނު ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ސީރީޒެކެވެ. މި ވާހަކައިގައި މައިގަނޑު ޕްލޮޓް ބިނާވެފައިވަނީ ސޯފިއާ ނަމަކަށް ކިޔާ އަންހެން ކުއްޖަކު ހޯދުމަށް އޭނާގެ ލޯބިވެރިޔާ ކުރާ މަސައްކަތްތަކުގެ މައްޗަށެވެ. މި ވެބް ސީރީޒްގެ މަސައްކަތާ ގުޅޭގޮތުން ޝޭކަރު އެކްސް މެދުވެރިކޮށް ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މި މަޝްހޫރު ވާހަކައަށް ބިނާކޮށް ބޮޑު ސީރީޒްއެއް އުފެއްދުމަށް އޭނާ ވަނީ އެމެރިކާގެ އެމެޒޯން ސްޓޫޑިއޯސްއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި ކަމަށެވެ. ޝޭކަރުގެ ފިލްމު "މާސޫމް"ގެ ސެޓުގައި ފިލްމުގެ މުހިއްމު ތަރިން--ފޮޓޯ/ފޭސްބުކް ޝޭކަރު އިތުރަށް ހާމަކުރި ގޮތުގައި މިއީ މީގެ ކުރިން ވެސް އޭނާ ގެނެސްދިން ކަހަލަ އަސަރުގަދަ ލޯބީގެ ހާދިސާތަކެއް ދައްކުވައިދޭނެ ފިލްމެކެވެ. ޝޭކަރު އެންމެ ފަހުން ޑައިރެކްޓްކޮށްފައި ވަނީ އިންޑޯ-ބްރިޓިޝް ފިލްމެއް ކަމަށްވާ "ވަޓްސް ލަވް ގޮޓް ޓު ޑޫ ވިތް އިޓް؟"އެވެ. ޝޭކަރު އެންމެ ފަހުން ޑައިރެކްޓްކޮށް ގެނެސްދިން ބޮލީވުޑް ފިލްމަކީ، 1994ގައި ރިލީޒްކުރި ހިންދީ ބައޮގްރަފިކަލް ޑްރާމާ "ބަންދިތު ކުއީން"އެވެ. އޭނާ ވަނީ 1998 ވަނަ އަހަރު ރިލީކުރި ކާމިޔާބު ފިލްމު "ދިލް ސޭ"ގައި ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ. ޝޭކަރު އަންނަނީ އޭނާގެ ދަރިފުޅު ކާވޭރީއާ އެކު ފިލްމު "މާސޫމް"ގެ ސީކުއަލްއެއް އުފެއްދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ