ދޮގު ވިޔަސް، ތެދު ވިޔަސް، ނޫސްވެރިންނާ ދޭތެރޭ ޖިނާއީ ފިޔަވަޅު އަޅައިގެން ނުވާނެ: ފައްޔާޟް
ދޮގު ޚަބަރެއް ވިޔަސް ތެދު ޚަބަރެއް ވިޔަސް، އެ ކަމާ ގުޅުވައިގެން ނޫސްވެރިންނާ ދޭތެރޭގައި ޖިނާއީ ފިޔަވަޅު އަޅައިގެން ނުވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލް ރޭ ވިދާޅުވެއްޖެއެވެ. "ސަންގު ޓީވީ"އަށް 11 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފައްޔާޟް ވިދާޅުވީ، ރާއްޖޭގައި ޑިމޮކްރަސީ ހިފަހައްޓައި ދެމެހެއްޓުމުގައި މިނިވަން ނޫސްވެރިކަމުގެ ދައުރު ބޮޑު ކަމަށެވެ. އެއާ އެކު، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ވަޒަންކުރާ "ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރްއެސްއެފް)އިން އާންމުކުރި ތަފާސްހިސާބުތަކަށް ފައްޔާޟް އިޝާރާތްކުރައްވައިފައިވެއެވެ. https://sun.mv/221330 އޭނާ ވިދާޅުވި ގޮތުގައި، މިދިޔަ ސެޕްޓެންބަރު މަހު ޕީއެންސީގެ އަޣުލަބިއްޔަތު އޮންނަ 20ވަނަ މަޖިލީހުން ފާސްކުރި މީޑިއާ ކޮންޓްރޯލް ބިލުގެ ސަބަބުން ރާއްޖޭގައި މިނިވަން ނޫސްވެރިކަމަށް ގޮންޖެހުންތައް ވަނީ ކުރިމަތިވެފައެވެ. އެއަށް ފަހު، އޮންލައިން ނޫސް "އަދަދު"ން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓަރީގެ މައްސަލައިގައި އެ ނޫހުގެ ސީއީއޯ ޙުސައިން ފިޔާޒް މޫސާއާއި އެ ނޫހުގެ މެނޭޖިިން އެޑިޓަރު ޙަސަން މުޙައްމަދުގެ ޕާސްޕޯޓު ހިފަހައްޓައި، ފުލުހަށް ހާޒިރުކުރި ކުރުމަށް އިޝާރާތްކުރައްވައި ފައްޔާޒް ވިދާޅުވީ، ފެނުނީ ސަރުކާރުން ޖިނާއީ ދައުވާއެއް ކުރަން އުޅޭ މަންޒަރު ކަމަށެވެ. https://sun.mv/211467 "އަޅުގަނޑު އަބަދު ވެސް ގަބޫލުކުރަނީ ދޮގު ހެދިކަމުގައި ވިޔަސް، ތެދު ހެދިކަމުގައި ވިޔަސް، ނޫސްވެރިންނާ ދޭތެރޭގައި ޖިނާއީ ފިޔަވަޅު އެޅިގެން ނުވާނެ ކަމަށް،" ފައްޔާޟް ވިދާޅުވިއެވެ. "ޑިމޮކްރަސީ ހިފެހެއްޓުމަށްޓަކައި ޚުދުމުޚުތާރު ވެރިންގެ ކިބައިން ރައްޔިތުން ސަލާމަތްކުރަން ނޫސްވެރިކަން ތަންމިނަށް ހުޅުވިފައި އޮންނަންޖެހޭ،" އެކަމަކު، އެއްވެސް ހާލެއްގައި އޭނާ އެހެން ވިދާޅުވީ ދޮގު މައުލޫމާތު ފެތުރުން ރަނގަޅުވެގެން ނޫން ކަމަށް ފައްޔާޟް ވިދާޅުވިއެވެ. އޭނާ ވަނީ ނޫސްވެރިންނާ ދޭތެރޭ ޖިނާއީ ފިޔަވަޅު އަޅާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. https://sun.mv/221299 ފައްޔާޟް ވިދާޅުވީ، ނޫސްވެރިކަން މިނިވަން ނޫން ނަމަ، ތެދު ބުންޏަސް ޚުދުމުޚުތާރު ވެރިން މަސައްކަތްކުރާނީ ނޫސްވެރިންގެ އަނގަ ބަންދުކުރަން ކަމަށެވެ. "އެކަން ކުރާނީ ނޫސްވެރިން ސިވިލް ސޮސައިޓީގެ ފަރާތުން، އެކަން ކުރާނީކީ ސަރުކާރުން ނުކުމެ ކްރިމިނަލް ދައުވާތައް އުފުލައިގެނެއް ނޫން،" ފައްޔާޟް ވިދާޅުވިއެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި ނޫސްވެރިކަން ކުރާ ގޮތަށް ރާއްޖޭގައި ވެސް މިނިވަން ނޫސްވެރިކަމެއް ކުރެވޭނެ ކަމަށް ފައްޔާޟް ގަބޫލުކުރައްވައެވެ. އޭނާ ވަނީ ވެރިކަމަށް އަންނަ ބައެއްގެ ފިކުރު އޮންނަ ގޮތުން، މިނިވަން ނޫސްވެރިކަމަށް އަބަދު ވެސް ގޮންޖެހުން އޮންނަކަން ފާހަގަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ