މި ސަރުކާރުގައި 23،000 އަށްވުރެ ގިނަ އާ ވަޒީފާ އުފެއްދިއްޖެ: ރައީސް

ސަރުކާރަށް ދެ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، 23،000 އަށް ވުރެ ގިނަ ވަޒީފާ ސަރުކާރާއި ޕްރައިވެޓް ސެކްޓަރުގައި އަލަށް އުފެއްދިއްޖެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ މަސައްކަތްތެރިން ދުވަހުގެ މުނާސަބަތުގައި އެ މަނިކުފާނު ފޮނުއްވި ޚިތާބުގައި ވަނީ، ރާއްޖޭގެ މަސައްކަތްތެރިކަން ކުރިއެރުވުމުގައި ސަރުކާރުގެ ސިޔާސަތުގައި ހިމެނޭ ކަންކަން ކިޔައިދެއްވާފައެވެ. މި ގޮތުން، ސްކޫލު ދަރިވަރުންނަށް މަސައްކަތް ދަސްކޮށްދިނުމަށް ޚާއްޞަ ސަމާލުކަމެއްދީ، ރާއްޖޭގެ ފުރަތަމަ ވޮކޭޝަނަލް ހައިސްކޫލު ގާއިމުކޮށްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ޤައުމަށް މުހިންމު އެކި ދާއިރާތަކުން މީހުން ތަމުރީނުކުރުމުގެ ޕްރޮގްރާމްތައް ފައްޓަވައި، އެކި ބާވަތުގެ ފަންނާއި ހުނަރު ކުރިއެރުވުމަށް ސަރުކާރުން ހިލޭ އެހީއާއި ލުއިލޯނު ދިނުން އިތުރުކުރެވިފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. ރާއްޖޭގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ ދޭސީ އަދި ބިދޭސީ މަސައްކަތްތެރިކަން ހައްގުތައް ރައްކާތެރިކޮށް، މަސައްކަތްތެރިކަން ކުރިއެރުވުމުގައި ސަރުކާރުން ގެންގުޅެނީ ވަށައިޖެހޭ އަދުލުވެރި ސިޔާސަތެއް,ރައީސް ޑރ. މުހައްމަދު މުއިއްޒު މާފަންނު ރައްޔިތުންނާއެކު ރައީސް ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން: ވިދާޅުވީ، މަސައްކަތްތެރިކަން ކުރިއެރުވުމުގައި ސަރުކާރުން ގެންގުޅެނީ ވަށައިޖެހޭ އަދުލުވެރި ސިޔާސަތެއް ކަމަށް -- ފޮޓޯ: ރައީސް އޮފީސް މީގެ އިތުރުން، ދިވެހި އުފެއްދުންތަކަށް ދުނިޔޭގެ ބާޒާރުން ޖާގަ ހޯދައިދިނުމަށް، ބޮޑެތި އީ-ކޮމާސް މަންސަތަކާ އެކު ފެއްޓެވި މަސައްކަތުގެ ނަތީޖާ ފެންނަން ފަށާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ޤާނޫނަށް ފައްތައި ބެލެހެއްޓުމުގައި ހަރުދަނާ ފިޔަވަޅުތައް މި ސަރުކާރުން އަޅާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ޚިތާބުގައި އިތުރަށް ފާހަގަކުރެއްވި ކަންކަން: ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ދިނުމަށް ޚާއްސަ މަސައްކަތްތަކެއް ކުރެވޭކަން 65 އަހަރު ވުމަށް ފަހުގައި ވެސް ވަޒީފާ އަދާކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދިނުން މި ސަރުކާރަކީ، އެންމެ ގިނަ މަސައްކަތްތެރިންނާ ބައްދަލުކޮށް، އެ މީހުންގެ ކަންބޮޑުވުންތައް އަޑުއެހި ސަރުކާރަށްވުން އެކި ފަންތީގެ މަސައްކަތްތެރީންނަށް، އެތައް އަހަރެއް ވަންދެން ޙައްލު ނުލިބިފައި ހުރި މައްސަލަތަކަށް ޙައްލު ހޯދައިދެވިފައިވާކަން ސަރުކާރަށް ދެ އަހަރަށް ވުރެ ގިނަ ދުވަސްވީއިރު، 23,000 އަށްވުރެ ގިނަ ވަޒީފާ، ސަރުކާރާއި ޕްރައިވެޓް ސެކްޓަރުގައި އަލަށް އުފެދިފައިވުން އަޅުގަނޑު އެދެނީ ވަޒީފާއާއި މަސައްކަތުގެ ފުރުޞަތުތައް ތަންމިނަށް ފަހިކޮށްދިނުމަށް ސަރުކާރުން އަޅަމުންދާ މި މުހިންމު ފިޔަވަޅުތައް ހަލުވިކޮށް ކާމިޔާބު ކުރުމުގައި ދިވެހި ހުރިހާ ރައްޔިތުން އެއްބާރުލުން ދެއްވުން،ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސްގެ ޚިޠާބު ނިންމަވާލެއްވީ، މަސައްކަތެއް ކުރެވޭނެ ކޮންމެ ދިވެހި ރައްޔިތަކު ޢަމަލީ މައިދާނަށް ނިކުތުމަށް އިލްތިމާސްކުރައްވަމުންނެވެ. ތޭވީސް ހާހަށްވުރެ ގިނަ ވަޒީފާ އަލަށް އުފެއްޖިއްޖެ ކަމަށް ރައީސް ވިދާޅުވިއިރު، އެ މަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ ސިޔާސީ މުވައްޒަފުންގެ އަދަދު 700އަށް ވުރެ އިތުރުނުކުރައްވާނެ ކަމަށް ވިދާޅުވެ ނަމަވެސް، އެ އަދަދު އެތައް ހާހަކަށް އަރައިފައިވާ ކަމަށް ބުނެ ފާޑުކިޔުން އަމާޒުވެފައިވެއެވެ. މިދިޔަ މަހުގެ ހަތަރުވަނަ ދުވަހު އޮތް ކައުންސިލް އިންތިޚާބާއި މައި ދެ އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނެގި ޚިޔާލު ހޯދުމުގެ ވޯޓުން ސަރުކާރަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވި ފަހުން، ރައީސް ވަނީ ބޮޑެތި ބަދަލުތަކެއް ގެންނަވަން ފައްޓަވައިފައެވެ. އޭގެ ތެރޭގައި ކެބިނެޓް ބަދަލުކުރައްވައި، ކުޑަ ކުރެއްވުން ހިމެނެއެވެ. https://sun.mv/220860 އޭގެ އިތުރުން މިދިޔަ މަހު 29ގައި ރައީސް ވަނީ އައްޔަންކޮށްފައި ތިބި ސިޔާސީ މުވައްޒަފުންގެ ތެރެއިން މަސައްކަތުގެ ފެންވަރަށް ބެލުމަށް ފަހު، ވީ އެންމެ ގިނަ މުވައްޒަފުންނެއް ކަނޑާލަން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، ވަކިކުރާނެ މުވައްޒަފުންގެ އަދަދެއް އެ މަނިކުފާނު ހާމަނުކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ